ޢާންމު މަޢުލޫމާތު
ނަންބަރު: D-381/IUL/2023/34
ޕަބްލިޝްކުރި ތާރީޚް: 30 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 15 ޖޫން 2023 12:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިޓް މާކެޓް 2023 ބައިވެރިވުމުގެ ފުރުޞަތު

            1444 އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މިއިދާރާއާއިން ހިންގާ ޚާއްޞަ ޕްރޮގްރާމްގައި ނައިޓް މާކެޓް 2022 ގެ ނަމުގައި ނައިޓްމާކެޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނައިޓް މާކެޓް އޮންނާނީ 2023 ޖޫން 22 ވަނަ ދުވަހުން ފެށިގެން 2023  ޖުލައި 1 ވަނަ ދުވަހުގެ ނިޔަލަށެވެ. މާކެޓްގައި ވިޔަފާރި ކުރެވޭނެ ގަޑިތަކަކީ، ހަވީރު 16:00 ން ފެށިގެން ރޭގަނޑު 23:00 އަށެވެ. ކެންޓީންތައް ރޭގަނޑު 12:00 އަށެވެ. ކޮންމެ ނަމާދު ވަގުތަކަށް 20 މިނެޓް މެދުކަނޑާލަންވާނެއެވެ.

            ނައިޓް މާކެޓްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ނަންގަވާ ހުށައެޅުއްވުން އެދެމެވެ. ފޯމް ލިބެން ހުންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ 08:00 ން 14:00 އަށް މިއިދާރާގެ އިދާރީ ކައުންޓަރުންނެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން 12:00 އާއި ދެމެދު މިއިދާރާގެ ފައިސާ ބަލައިގަންނަ ކައުންޓަރުންނެވެ. ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ، 2023 ޖޫން 15 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ފޯމް ބަލައެއް ނުގަނެވޭނެއެވެ. މޭޒެއް ބެހެއްޓުމަށް ދޫކުރެވޭ ބިމުގެ ޖާގައަކީ 10 ފޫޓް ދިގު 8 ފޫޓް ފުޅާ ގޮޅިއެކެވެ.

            މި މާކެޓްގައި  ވިޔަފާރިކުރުމަށް މޭޒުބެހެއްޓޭ އަގަކީ، 1000.00 (އެއްހާސްރުފިޔާ) އެވެ. ކެންޓީނަށް ދޫކުރެވޭ މޭޒުގެ އަގަކީ 1500.00 (ފަނަރަސަތޭކަ) ފައިސާ ދެއްކެވުމަށް ޓްރާންސްފަރ ކުރެވިދާނެއެވެ. Account Number : 7730 000135 156، Account Name : 1430  Revenue 01 ޓްރާންސްފަރ ކުރައްވާއިރު ރިފަރެންސްގައި ފައިސާ ދައްކަވާ ބޭނުން ލިޔުއްވުންއެދެމެވެ. އަދި ސްލިޕް 9781899 ނަންބަރަށް ވައިބަރ ކުރައްވާނެއެވެ. ނައިޓްމާކެޓްގައި ވިޔަފާރިކުރުމަށްއެދި ހުށައަޅާ ފަރާތްތާއެކު ބާއްވާ ބައްދަލުވުން 2022 ޖޫން 15 ވަނަ ދުވަހުގެރޭ 20:30 ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގައި ގައި އޮންނާނެއެވެ.

            ނައިޓްމާކެޓުގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރި ކުރެވޭނީ، މިއިދާރާއިން ކަނޑައަޅާ ބިމުގެ އޭރިޔާގައެވެ. ނައިޓްމާކެޓް އޮންނަ ވަގުތު ރަސްމީހުއްދައިގެ ދަށުން ވިޔަފާރިކުރާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކަށް ނައިޓްމާކެޓް ސަރަޙައްދުގައި ވިޔަފާރި ކުރުމަކީ މަނާކަމެކެވެ. ނައިޓްމާކެޓް ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަޙައްދު މިއިޢުލާނާއެކު އާއްމު ކުރެވިފައިވާނެއެވެ.

30 މޭ 2023