ދިވެހިރާއްޖެ
އިޢުލާން
450 ފޫޓު ކަރަންޓް ކޭބަލް ވަޅުލުމަށް ކޯރު ކޮނުމާއި ގުޅޭ
ބ.އޭދަފުށީ މަގުތަކުގައި ކަރަންޓް 300 ފޫޓު ވަޅުލުމަށް ކޯރު ކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ މައުލޫމާތަށް ބަދަލު ގެނެވިފައިވާތީ ނަންބަރު: (IUL)320-ADHR/320/2023/98 އެ އިޢުލާން ބާޠިލްކޮށް އަލުން 450 ފޫޓު ކަރަންޓް ކޭބަލް ވަޅުލުމަށް ކޯރު ކޮނުމަށް ފުރުޞަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2023 ޖޫން 1 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މިއިދާރާއަށް މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. އަދި މަސައްކަތު ކޯޓޭޝަން ހުށަހަޅާ ފަރާތަކީ އާންމު ފަރުދެއްނަމަ ކޯޓޭޝަން އާއި އެކު އައި.ޑީ ކާޑު ކޮޕީ އެއް ހުށަހަޅަންވާނެއެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލްގެ މެމްބަރު އަބްދުﷲ ރަޝީދު 7909032 އަށް ގުޅުއްވުން އެދެމެވެ.
10 ޛުލްޢައިދާ 1444