ދިވެހިރާއްޖެ
(IUL)321-A/321/2023/138 :ނަންބަރު
އިޢުލާން
ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތުގެ ތަފްސީލް މި އިދާރާއިން ދޫކުރާ (ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތް ކޮށްދިނުމަށް އަގު ހުށަހަޅާ ފޯމް) އަގުބަލާ ފޯމާއި އެއްހީރަސްކުރެވިފައި ވާނެއެވެ.
އަގުބަލާ ފޯމްތައް ބަލައިގަތުމަށާއި ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: |
2023 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި |
އިތުރު މަޢުލޫމާތު:
- އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ބ.ތުޅާދޫ އެންމެންގެ ބީޗުން ފެށިގެން ފެންޕްލާންޓާ ހަމައަށް ޖަހާފައިވާ މަގުބައްތިތަކުގައި އަޅާފައިވާ ކޭބަލްތަކުގެ ކަނެކްޝަން ހެދުމުގެ މަސައްކަތް ކޮށްދިނުމަށްއެދި" މިފަދައިން ޖަހާފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި އަގުބަލާ ފޯމު ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ލިޔެފައި އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2023 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 10:00ށް އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
10 ޛުލްޤަޢިދާ 1444