ނީލަން
ނަންބަރު: MTCC-TRD/IU/2023/0132
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:32
ސުންގަޑި: 01 ޖޫން 2023 16:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން

މިކުންފުނީގެ (ބިޒްނަސް ޑިވެލޮޕްމެންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަން) ގެ ތިލަފުށި ސައިޓުގައިހުރި (ގާތްގަނޑަކަށް) 150 ޓަނުގެ ބާދަނގަޑުތަކެއްވަނީ ޙާއްސަ ނީލަމުގައި ވިއްކާލުމަށް ނިންމާފައެވެ. އަދި މިނީލަމާއި ގުޅޭ ތަފްޞީލް ތިރީގައި މިވަނީއެވެ.

1- ނީލަން ކިއުން އޮންނާނީ 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހު 14:00 ގައި އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން، (ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) ގައެވެ.

2-  މިތަކެތި ބައްލަވައިގަންނަވަން ބޭނުންވެލައްވާ ފަރާތްތަކުން 31 މެއި 2023 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން 10:00 އަށް އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަން ( ހެންވޭރު ސޯމިލް، ބޮޑުތަކުރުފާނު މަގު ) އަށް ވަޑައިގެން ނަންނޯޓް ކުރެއްވުންއެދެމެވެ.

3- މިތަކެތި ބައްލަވަން ބޭނުންވެލައްވާ ފަރާތްތަކުން 31 މެއި 2023  ވާ ބުދަ ދުވަހު ހެދުނު 10:30 އިން 12:00 އަށް އެމް.ޓީ.ސީ.ސީ ތިލަފުށިސައިޓަށް ވަޑައިގެން މިތަކެތި ބެލޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމުގައި ދަންނަވަމެވެ.

4-  މި ނީލަމުގައި ބައިވެރިވެވޭނީ އެމް.ޓީ.ސީ.ސީ ޓްރޭޑިންގ ޑިވިޜަންގަ ރަޖިސްޓްރީވެ އަދި ޙާއްސަ ނީލަމުގެ އިޢުލާނުގައިވާ ކަންތައްތަކަށް އިޤުރާރުވާ ފަރާތްތަކަށެވެ.

5-  މި ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް -/75,000ރ (ހަތްދިހަ ފަސްހާސް ރުފިޔާ) އެމް.ޓީ.ސީ.ސީގެ ބެންކް އެކައުންޓް ނަންބަރ  001-100668-7717 އަށް 31 މެއި 2023 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އާއި 16:00 ދެމެދު ޖަމާކުރަން ވާނެއެވެ. އަދި 16:00 ގެ ފަހުން ފައިސާ ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

6- ނީލަން ކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޟިރީން ނަށް އަޑުއިވޭވަރަށް އަނގަބަހުން ނެވެ.

7- ނީލަން ފެށޭނީ ޓަނަކަށް -/1000 (އެއްހާސް ރުފިޔާގެ)  ރޭޓުންނެވެ.

8- ނީލަމަށް އިތުރުކުރެވޭނީ ފަހަރަކު -/1000ރ (އެއްހާސް ރުފިޔާ) އަށް ވުރެ ކުޑަނޫން އަދަދެކެވެ.

9-     ނީލަންނިމޭތާ 24 ގަޑި އިރުތެރޭ ނީލަން ނިމުނުފަރާތުން ފައިސާ ދައްކަންވާނެވެ.      

10-  ނީލަންނިމޭތާ 5 ދުވަހުގެ ތެރޭގައި ބާދަގަނޑުތައް އެތަނުންގެންގޮސް ނިންމަންވާނެއެވެ.

11- 150 ޓަނަށް ވުރެ އިތުރުވާކަމުގައި ވާނަމަ އިތުރުވާ ދަނގަޑު ދޫކުރެވޭނީ އިތުރުވާ ދަންގަނޑަށް ފައިސާ ދައްކާ ޙަލާސް ކުރުމުންނެއެވެ. އަދި 150 ޓަނަށް ވުރެ މަދުވާނަމަ ރީފަންޑް ޕްރޮސެސް ކޮށްދޭނެއެވެ.

12-  މިނީލަމާގުޅޭ ގޮތުން އިތުރުމަޢުލޫމާތު ހޯއްދެއްވުމަށް 1650 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

29 މޭ 2023