ވަޒީފާގެ ފުރުޞަތު
ނަންބަރު: MED-153-FHS-A1/2015/02
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:14
ސުންގަޑި:
01 ފެބުރުވަރީ 2015 14:00
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއެއް ހޯދުން
އިޢުލާން
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި 2015 ވަނަ އަހަރުގެ ފުރަތަމަ ޓާރމުގައި ކިޔަވައިދިނުމަށް ބޭނުންވާ ޕާޓްޓައިމް ލެކްޗަރަރއެއް ހޯދަން ވަނީ ބޭނުންވެފައެވެ.
ވީމާ، ތިރީގައިމިވާ މާއްދާ ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ފެބުރުވަރީ 1 ވަނަ ދުވަހުގެ 14.00 ކުރިން، ފެކަލްޓީ އޮފް ހެލްތް ސައިންސަސްއަށް، ހުށަހަޅަންޖެހޭ ތަކެއްޗާއެކު ސިޓީ ފޮނުވުން އެދެމެވެ.
މާއްދާގެ ނަން: ޕިޑިއެޓްރިކް ނަރސިންގ II
ކިޔަވައިދޭންޖެހޭ ކޯސް: ޑިޕްލޮމާއިން ނަރސިންގ/ ބެޗިލަރ އޮފް ނަރސިންގ
ކިޔަވައިދޭންޖެހޭ ވަގުތު: މަތީގައިވާ މާއްދާގެ ހުރިހާ ގަޑިތަކެއް ނަގައިދޭންޖެހޭނީ މި ފެކަލްޓީން ހަދާފައިވާ ޓައިމްޓޭބަލާ އެއްގޮތްވާގޮތުގެމަތީންނެވެ.
ހުށަހަޅަންޖެހޭ ލިއުންތައް:
- ކިޔަވައިދޭ މާއްދާގެ ރޮނގުން ތަޢުލީމް ފުރިހަމަކޮށްފައިވާކަމުގެ ސެޓިފިކެޓާއި ޓްރާންސްކްރިޕްޓް (އަސްލާ އެއްގޮކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
30 ރަބީޢުލްއައްޥަލް 1436
21 ޖަނަވަރީ 2015