ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)333/333/2023/57
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 06 ޖޫން 2023 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުތެރެ ކުނިކަހާ ސާފުކުރާނެ ވަގުތީ ސްޓާފުން ނެގުން - ވޭޖް އުސޫލުން

ރަށުތެރެ ކުނިކަހާ ސާފުކުރާނެ ވަގުތީ ސްޓާފުން ނެގުން - ވޭޖް އުސޫލުން

މަޤާމް

ސަޕޯރޓް ސްޓާރފް

ބޭނުންވާ އަދަދު

05 (ފަހެއް)

މަޤާމުގެ ގިންތި

ވަގުތީ (ވޭޖް އެމްޕްލޯއިމަންޓް)

މަޤާމުގެ މުއްދަތު / މަސައްކަތް ކުރަންޖެހޭ ވަގުތު

އެގްރީމެންޓްގައި ސޮއި ކުރާ ދުވަހުން ފެށިގެން 03 މަސް ދުވަސް

ހަފްތާއަކު 5 ދުވަހު، ދުވާލަކު 8 ގަޑިއިރު

ސެކްޝަން

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސާރވިސަސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ . / ކ. ތުލުސްދޫ

އުޖޫރަ

  1. ގަޑިއިރަކަށް 31.25 (އެއްތިރީސް ރުފިޔާ ފަންސަވީސް ލާރި)

މަހަކަށް 5500.00ރ (ފަސްހާސް ފަސްސަތޭކަ ރުފިޔާ)

(ކައުންސިލުން އަންގާ އިތުރު ދުވަސް ތަކުގައި މަސައްކަތަށް ނިކުންނަނަމަ މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް ގަޑީލާރި ލިބޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާފައިވާ ރަށުގެ އެކިއެކި ސަރަހައްދުތައް ކުނިކަހާ، ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  2. ކައުންސިލުން އަންގާ ގޮތެއްގެ މަތިން މުނިސިޕަލް މަސައްކަތްކުރުން.
  3. ޙާއްސަ ދުވަސްތަކުގައި ކައުންސިލުން އަންގާ އުސޫލެއްގެ މަތިން މަސައްކަތަށް ނިކުތުން.

މަގާމުގެ ޝަރުތުތައް:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު
  2. މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1.     ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

6.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ޖޫން 06 ވާ އަންގާރަ ދުވަހުގެ 13:00 ގެ  ކުރިން، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ، މެއިލް މެދުވެރިކޮށް މިއިދާރާއަށް ލިބުނުތޯ ޔަގީން ކުރަންވަންވާނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ޖޫން 06 އާއި 2023 ޖޫން 15 އާ ދެމެދު، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ(ގެ ޖަލްސާ ކުރާ މާލަމު ގައެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ އިންސައްތަ

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %50 (ފަންސާސް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

 

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 މޭ 2023