ނީލަން
ނަންބަރު: 2015/11
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 17:07
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޖީނު 115 ހޯސްޕަވަރ އައުޓްބޯޑު ވިއްކާލުން

މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި އިންޖީނު (115 ހޯސްޕަވަރ) ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، އިންޖީނު (115 ހޯސްޕަވަރ) ގަތުމަށް ބޭނުންވާ ފަރާތްތަކުން 25 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ކޮންމެ ދުވަހަކު 13:00 ގެ ފަހުން ފެންނަން ހުންނާނެ ވާހަކަ ދަންނަވަމެވެ. އެގޮތުން ޖެހިޖެހިގެން ބަންދު ނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަން ފެށޭ އަގަކީ -/20000ރުފިޔާއެވެ. އަދި ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/2000ރުފިޔާއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6840003،7896527،7831129،9193710 ފޯނާއެވެ. ފެކްސް ނަންބަރަކީ 6840013 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. މި އިންޖީނު ( 11 ހޯސްޕަވަރ) ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން 15:00 އަށް ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ފެންނަގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮން އަންގައި އިޢުލާން ކުރީމެވެ.       

04 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015