ނީލަން
ނަންބަރު: 2015/9
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 16:37
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ނީލަމުގައި ވިއްކާލުން

ލޯންޗް (ޑިންގީ) ރަޖިސްޓަރީ ނަމްބަރ G1481B-02 04-Q

މިއިދާރާގެ ބެލުމުގެ ދަށުގައި ހުރި ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، ލޯންޗް ގަތުމަށް ބޭނުންވާ ފަރާތްތަކުން 25 ޖަނަވަރީ 2015 ވަނަ ދުވަހުން ފެށިގެން މިއިދާރާއަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާގެ ނޯޓިސްބޯޑުގައި ކޮންމެ ދުވަހަކު 13:00 ގެ ފަހުން ފެންނަން ހުންނާނެ ވާހަކަ ދަންނަވަމެވެ. އެގޮތުން ޖެހިޖެހިގެން ބަންދު ނޫން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާލެވޭނެ ވާހަކަ ދަންނަވަމެވެ.

ނީލަން ފެށޭ އަގަކީ -/25000ރުފިޔާއެވެ. އަދި ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/2500ރުފިޔާއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 6840003،7896527،7831129،9193710 ފޯނާއެވެ. ފެކްސް ނަންބަރަކީ 6840013 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. މި ލޯންޗު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން 15:00 އަށް ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ތަކެތި ފެންނަ ގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮން އަންގައި އިއުލާން ކުރީމެވެ.       

04 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015