ޢާންމު މަޢުލޫމާތު
ނަންބަރު: GS38/2023/04
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 08 ޖޫން 2023 13:00
ވ. އަތޮޅު ތަޢުލީމީ މަރުކަޒު، ވ. ފެލިދޫ
ދިވެހިރާއްޖެ
އިޢުލާން

 

    ދިރާސީ އަހަރު ދަރިވަރުން ސްކޫލަށް ވެއްދުމާ ގުޅޭ2023-2024

2024-2023 ދިރާސީ އަހަރު ވ.އަތޮޅު ތަޢުލީމީ މަރުކަޒު ގައި ތަޢުލީމް ޙާޞިލްކުރުމަށް ބޭނުންވާ، ގްރޭޑް ތަކަށް ޝަރުތު ހަމަވާ ދަރިވަރުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ.

ގްރޭޑް

2023-2024 ވަނަ އަހަރު ދަރިވަރުން ވައްދާ އުމުރުފުރާ

އެލް.ކޭ.ޖީ

2023 ވަނަ އަހަރުގެ ޖުލައި 31 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ދަރިވަރުން

ޔޫ.ކޭ.ޖީ

އެލް.ކޭ.ޖީ ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 5 އަހަރު ފުރި 6 އަހަރު ނުފުރޭ ދަރިވަރުން

ގްރޭޑް 1

ފައުންޑޭޝަން ސްޓޭޖް (އެލް.ކޭ.ޖީ އާއި ޔޫ.ކޭ.ޖީ) ފުރިހަމަކޮށް، 2023 ޖުލައި 31 އަށް 6 އަހަރު ފުރި 7 އަހަރު ނުފުރޭ ދަރިވަރުން

ވީމާ، މަރުކަޒަށް ކުދިން ވެއްދުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށްފަހު މި މަރުކަޒުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ފޯމު ދޫކުރަން ފަށާ ތާރީޚް: 29 މޭ 2023 (ހޯމަ)

ފޯމު ހުށަހަޅަންޖެހޭ ސުންގަޑި: 08 ޖޫން 2023 (ބުރާސްފަތި) މެންދުރުފަހު 13:00 ގެ ކުރިން

އޮފީސް ރަސްމީ ގަޑި: ހެނދުނު 08:00 އިން މެންދުރުފަހު 14:00

ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ކުއްޖާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  • ކުއްޖާގެ މަންމަ ނުވަތަ ބައްޕަގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  • ބެލެނިވެރިޔާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  • ކުއްޖާގެ ޞިއްޙީ މައްސަލައެއްވާނަމަ އެކަމުގެ ލިޔެކިޔުންތައް
  • ހަގު އުމުރުފުރާއިން ވައްދާނަމަ ބެލެނިވެރިޔާ އިޢުތިރާޒް ނުކުރާކަމުގެ ލިޔުން
  • އެހެން ސްކޫލަކުން ބަދަލުވާން އެދޭނަމަ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރު ބަދަލުކުރުމަށް އެދޭ ފޯމް (ޓްރާންސްފަރ ފޯމް)

ނޯޓް: އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ގައި އެއްވެސް ދަރިވަރަކު ރިޕީޓްނުކުރެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                                                                     

29 މޭ 2023