ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)471-PIDS2/471/2023/178
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 11 ޖޫން 2023 14:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސައިޓް ސުޕަވައިޒަރ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ސައިޓް ސުޕަވައިޒަރ

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިންޑިއަން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ އެހީގެ ދަށުން ކުރިއަށްދާ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދުމުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ސުޕަރވައިޒްކުރުމަށް ސައިޓް ސުޕަވައިޒަރެއް ހޯދުމަށް ބޭނުންވެއެވެ.

މިމަޤާމުގެ މަސައްކަތްތަކާއި މިމަޤާމަށް ކަނޑައެޅިފައިވާ ޝަރުތުތައް ބަޔާންކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި އަދި މި އިޢުލާނާއި އެކު ގެޒެޓުގައި ޝާއިޢު ކޮށްފައިވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޖޫން 11 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ސިޓީ ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީމަގު، މާފަންނު، މާލެ 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މަތީގައިވާ ބަޔާންކުރެވިފައިވާ އީމެއިލް އެޑްރަހަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 މޭ 2023