ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2023/37
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 18 ޖޫން 2023 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ލާމަސީލު ލާމު އަތޮޅު ވޮލީމުބާރާތުގެ އަންހެން ޑިވިޜަނާއި، ފިރިހެން ޑިވިޜަނުގައި ބައިވެރި ވުމުގެ ފުރުޞަތު ލ. އަތޮޅުގެ ކުލަބު/ޖަމްޢިއްޔާ ތަކާއި، އަދި އެރަށެއްގައި ހަރަކާތްތެރި ކުލަބު/ޖަމްޢިއްޔާއެއް ނެތް ރަށްރަށުގެ ރަށުކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 ޖުލައި 06 ން 15 އަށް ލ. ފޮނަދޫގައެވެ. 

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2023  ޖޫން 18 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް ފޮނުއްވުން އެދެމެވެ. ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 2023 ޖޫން 22 ވަނަ ދުވަހު 13:00 ކަމުގައި ދެންނެވީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޓީމްލިސްޓް ހުށަހަޅާ ފޯމް އަދި މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް laamu.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

28 މޭ 2023