މަސައްކަތް
ނަންބަރު: (IUL)30-G/1/2015/03
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 29 ޖަނަވަރީ 2015 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑް) ގެ އެހީގައި މިމިނިސްޓްރީން ހިންގަމުންދާ ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމްގެ ދަށުން ދަނޑުވެރިކަމާއި ގުޅޭ ފަންނީ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާތީ، މިތަމްރީނުތައް ހިންގުމަށް ބޭނުންވާ ޓްރެއިނިންގ އެންޑް އެކްސްޓެންޝަން މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް 12 ޖަނަވަރީ 2015ގައި ކުރި އިޢުލާން (IUL) 30-G/1/2015/03) އަށް އެކަށީގެންވާވަރަށް ބޭފުޅުން ކުރިމަތިލާފައިނުވާތީ، މިމަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމަވެ.

މި މަސައްކަތުގެ ތަފުސީލު "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މިމިނިސްޓްރީގެ ނަންބަރު 3341836 އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް އެޑްރެހަށް އީމެއިލް ކުރުމުން [email protected] ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޓީ.އޯ.އާރު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ، ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް މެރިން ރިސަރޗް ސެންޓަރުގައި ހުންނަ މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

05 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015