ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)164/1/2015/16
ޕަބްލިޝްކުރި ތާރީޚް: 26 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި:
04 ފެބުރުވަރީ 2015 15:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ވެބް ޑިޒައިނަރުން ބޭނުންވެއްޖެ
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލު، މަސައްކަތައް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަސައްކަތުގެ މުއްދަތު:
|
1 (އެކެއް) އަހަރު (މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ)
|
މަސައްކަތުގެ ވަގުތު:
|
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 ހަވީރު 03:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 05:00 ޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)
|
އުޖޫރަ:
|
އަސާސީ މުސާރަ -/10000 ރުފިޔާ
ސަރވިސް އެލަވަންސް -/2000 ރުފިޔާ
|
ފެންވަރު/ޝަރުޠު
|
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛
- ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ޒިންމާދާރުގޮތެއްގައި ކުރަން އެނގުން.
- ރަނގަޅުގޮތުގައި މީހުންނާ މުޢާމަލާތްކޮށް، މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް އަމިއްލައަށް ހައްލުކުރަން އެނގުން.
މީގެ އިތުރުން ތިރީގައިވާ ޢިލްމާއި ޤާބިލުކަން ހުންނަންވާނެއެވެ:
- PHP, JavaScript އިން ޕްރޮގްރާމް ކުރަން އެނގުން.
- Linux ބޭނުން ކުރަން އެނގިފައި ޝެލް ސްކްރިޕްޓް ކުރަން އެނގުން.
- Bootstrap, jQuery ފަދަ ފްރަންޓް އެންޑް ފްރޭމްވަރކް އެނގުން.
- Adobe Photoshop އިން ޑިޒައިންކޮށް މޮކްއަޕް ހެދުމުގެ ޤާބިލުކަން ހުރުން.
- HTML5/CSS3 އިން ވެބްޕޭޖް ހަދަން އެނގުން.
- އެޖެކްސް މެތޮޑޮލޮޖީ ބޭނުންކުރަން އެނގުމާއި ރެސްޕޮންސިވް ޑިސައިން ކުރަން އެނގުމަކީ ވަޒީފާއަށް ނެގުމުގައި އިސްކަންދެވޭނެ ކަމެކެވެ.
|
މައިގަނޑު މަސައްކަތްތައް
|
- އީ-ގަވަރމަންޓް އެޕްލިކޭޝަންތަކުގެ ޔޫޒާ އިންޓަރފޭސް ޒަމާނީ ފެންވަރެއްގައި (HTML5/CSS3/JavaScript) ފަރުމާކުރުން.
- އެން.ސީ.އައި.ޓީ ގެ ވެބްސައިޓް އަދި އެން.ސީ.އައި.ޓީ އިން ބަލަހައްޓާ އެހެނިހެން ވެބްސައިޓްތައް ފަރުމާކުރުން.
|
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
- ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ
|
ހުށަހަޅަންޖެހޭ ތާރީޚު: މިމަސައްކަތްތަކަށް ޝައުޤުވެރިވެލައްވާ ބޭފުޅުން 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 1500 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު ނޭޝަނަލް ސެންޓަރ ފޮރ އިންފޮރމޭޝަން ޓެކްނޯލޮޖީއަށް ނުވަތަ މިއޮފީހުގެ އީމެއިލަށް ([email protected]) ފޮނުއްވުން އެދެމެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]އެޑްރެހަށެވެ.
އޮފީހުގެ މަޢުލޫމާތު:
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،
64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 4000 334 (960) ، ފެކްސް ނަންބަރު: 4004 334 (960)
އީމެއިލް އެޑްރެސް: [email protected]
ވެބްސައިޓް: www.ncit.gov.mv
05 ރަބީޢުލްއާޚިރު 1436