ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-PMU/1/2023/135
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 30 ޖޫން 2023 16:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމްއާއި ގުޅޭ

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވާލްޑްބޭންކްއާ ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ކޮވިޑް-19 އާ ގުޅިގެން އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމުގެ ފުރަތަމަ އަދި ދެވަނަ ބުރު ނިމި، ތިންވަނަ ބުރަކަށް ފޯމު ހުށަހެޅުމަށް 16 އޭޕްރީލް 2023 އަދި 23 މޭ 2023) އިއުލާން ނަންބަރު: (IUL)101-PMU/1/2023/102 އަދި IUL)101-PMU/1/2023/129)) ގައިވަނީ ހުޅުވާލެވިފައެވެ. އަދި ވީހާވެސް ގިނަފަރާތަކަށް މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެގޮތުން ތިރީގައިމިވާ ދާއިރާއަށްވެސް އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް މިއަދުވަނީ ހުޅުވާލެވިފައެވެ.

  1. އެޑިއުކޭޝަން (ޤުރްއާން އަދި ޓިއުޝަން ސެންޓަރު ހިންގާ ފަރާތްތަކަށް)

ޕްރޮގްރާމުގެ ތަފްސީލާއި، ހަމަވާންޖެހޭ ޝަރުތުތަކާއި ފައިސާގެ އެހީދެވޭ އަދަދު އަދި ދެވޭނެގޮތްތައް ކަނޑައަޅައި މިނިސްޓްރީން އަމަލު ކުރާނެ އުސޫލު ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިފައިވާނެއެވެ. ޕްރޮގްރާމުގެ ދަށުން އެހީ ދެވޭނެ ދާއިރާތައް މި އިއުލާނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާނެއެވެ.

މި އެހީ އަށް އެދުމަށްޓަކައި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. އަދި ޕްރޮގްރާމް ކުރިއަށްދާއިރު، ޖޮބް ސެންޓަރަށް ލިބެމުންދާ އެޕްލިކޭޝަންގެ އިވެލުއޭޝަން އަދި އަމަލު ކުރެވިފައިވާ ގޮތް ޝާއިޢު ކުރެވެމުންދާނެއެވެ.  (https://jobcenter.mv/)

ފޯމް ހުށަހެޅުމުގެ ސުންގަޑި

އެހީއަށް އެދުމުގައި ހަމަވާންޖެހޭ މައިގަނޑު ޝަރުތުތައް

30 ޖޫން 2023

  • 30 ސެޕްޓެމްބަރ 2022 އާއި ހަމައަށް ފާއިތުވި 1 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން އައިސްފައިވާ ފަރާތެއް ކަމުގައި ވުން  އަދި؛
  • އެޕްލިކޭޝަން ހުށަހެޅުމާ ހަމައަށް، ފާއިތުވެދިޔަ 4 ހަފްތާގައި މުސާރަ ލިބޭ ވަޒީފާއެއް އަދާ ކުރާ ފަރާތަކަށް ނުވުން ނުވަތަ، ވަޒީފާއެއް އަދާކުރާނަމަ ހަފްތާއަކު 20 ގަޑިއިރަށްވުރެ ގިނައިރު ވަޒީފާ އަދާކުރަމުންދާ ފަރާތަކަށް ނުވުން.
  • ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަވާން ޖެހޭ އެހެނިހެން ޝަރުތުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ " ކޮވިޑް-19 އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމް ހިންގާނެގޮތުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެއެވެ.

 

 

 

ޖަދުވަލު 1: އަމިލްލަ މަސައްކަތް ކުރާ ފަރާތްތަކަށް ހުޅުވާލެވިފައިވާ އެހީގެ ޕްރޮގްރާމްގައި އެޕްލިކޭޝަން ލުމަށް ހަމަޖެހިފައިވާ ދާއިރާތައް

 

  • އަތްތެރި މަސައްކަތް
  • ބިޔުޓީ އަދި މޭކަޕް ކުރުން
  • ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ
  • ފެހުން އަދި ޓެކްސްޓައިލްސް ގެ މަސައްކަތް
  • އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  • ކްރިއޭޓިވް އާރޓްސް އަދި މިއުޒިކް
  • ކުޅިވަރު އަދި ފިޓްނަސް
  • ފަރުމަސްވެރިކަން (30 ފޫޓުން ދަށުގެ އުނޅަދުގެ ވެރިފަރާތްތަކަށް ޚާއްޞަ)
  • އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓަނަންސް
  • ވެލްޑިންގ އަދި ކާޕެންޓްރީގެ މަސައްކަތް
  • އެޑިއުކޭޝަން (ޤުރްއާން އަދި ޓިއުޝަން ސެންޓަރު ހިންގާ ފަރާތްތަކަށް)

 

 

08 ޛުލްޤަޢިދާ 1444

28 މޭ 2023