ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407-CA407/407/2023/20
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:58
ސުންގަޑި: 28 ޖޫން 2023 12:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަވަށްތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ އަންހެން އަދި ފިރިހެން ލީޑަރުން ހޮވުމާއި ބެހޭ

4 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 22 ވަނަ އާންމު ޖަލްސާއިން ވިލިނގިލީގެ މީހުން ދިރިއުޅޭ ސަރަހައްދަށް ރިއާޔަތްކޮށް އަވަށްތައް އަލުން ބަހާލެވިފައިވާތީ އަވަށްތަކުގައި އިސްކޮށް ހަރަކާތްތެރިވާނެ އަންހެން އަދި ފިރިހެން ލީޑަރުން ހޮވުމަށް ހަމަޖެހިފައިވާތީ، ލީޑަރުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ބޭފުޅުން އެކަމަށްއެދި 31 މެއި 2023 ގެ ކުރިން ފުރިހަމަ މަޢުލޫމާތާއިއެކު ވިލިނގިލީ ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު އެބޭފުޅެއްގެ އައިޑެންޓިޓީކާޑުގެ ފޮޓޯ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ.

                    4 އަވަށުން ކުރެ ކޮންމެ އަވަށަކަށް އަންހެން ލީޑަރަކާއި ފިރިހެން ލީޑަރެއް ބޭނުންވާތީ އެކަކަށްވުރެ ގިނަ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅުއްވައިފިނަމަ ލީޑަރުން އައްޔަން ކުރާނީ އަވަށްތަކުގެ މެދުގައި މިކަމަށްޓަކައި ބާއްވާ އިންތިޚާބަކުންނެވެ. އިންތިޚާބުގައި ލީޑަރުން ހޮވުމަށް ވޯޓްލެއްވޭނީ އެމީހަކު ނިސްބަތްވާ އަވަށުގެ ދިރިއުޅޭގޭގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީގައި ރެކޯޑް ކުރެވިފައިވާ އަވަށެއްގެ ލީޑަރުން ހޮވުމަށެވެ. މިގޮތުން އުމުރުން 18 އަހަރު ފުރިފައިވާ ވިލިނގިލީގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ ކޮންމެ ބޭފުޅަކަށްވެސް މި އިންތިޚާބުގައި ވޯޓުލެވޭނެއެވެ.

                    މި އިޢުލާނާއިއެކު އަވަށްތަކުގެ ލީޑަރުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތައް ޝާއިޢު ކުރަމެވެ.

                    ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                     08 ޛުލްޤައިދާ   1444 ހ.

                     28 މެއި      2023 މ.

                    

28 މޭ 2023