މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/16
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 29 ޖަނަވަރީ 2015 10:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދަރުބާރުގޭ ބައެއް މަރާމާތްތަކާބެހޭ

މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ދަރުބާރުގޭ ބައެއް މަރާމާތުތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެގެން 12 ޖަނަވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/5) މަޢުލޫމާތަށް އައި ބަދަލަކާ ގުޅިގެން، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. އަދި ބިޑްގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަނުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އެކަންޏެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ބިޑްގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަނުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015