މަސައްކަތް
ނަންބަރު: (IUL)138-AS6/1/2015/18
ޕަބްލިޝްކުރި ތާރީޚް: 25 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:14
ސުންގަޑި: 29 ޖަނަވަރީ 2015 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފަޔަރ ފައިޓިންގ ސިސްޓަމާއި ފަޔަރ ސެކިއުރިޓީ އެލާމް ސިސްޓަމް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

ވެލާނާގޭ ފަޔަރ ފައިޓިންގ ސިސްޓަމާއި ފަޔަރ ސެކިއުރިޓީ އެލާމް ސިސްޓަމް، އެއް އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ:

ވެލާނާގޭ ފަޔަރ ފައިޓިންގ ސިސްޓަމާއި ފަޔަރ ސެކިއުރިޓީ އެލާމް ސިސްޓަމް، އެއް އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން 14 ޖަނަވަރީ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/12) އާ ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. އަދި ބިޑްގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަނުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުން އެކަންޏެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

ބިޑްގައި ބައިވެރިވެވޭނީ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރޭޝަނުގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1436

25 ޖަނަވަރީ 2015