މަސައްކަތް
ނަންބަރު: (IUL)459-A/459/2015/3
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 15:11
ސުންގަޑި: 29 ޖަނަވަރީ 2015 11:00
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ޕޭޕަރުތަކެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

މިމިނިސްޓްރީއަށް މުވައްޒަފުން ހޮވާއިރުގައި ހައްދަން ބޭނުންވާ އިމްތިޙާނުތަކަކާ ގުޅިގެން ތިރީގައި ދެންނެވިފައިވާ ޕޭޕަރުތައް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  1. ކޭސް ވޯކަރުންގެ ޕްރޮސީޖަރ މެނުއަލްއާ ގުޅިގެން އިމްތިޙާން ޕޭޕަރ
  2. އެޕްޓިޓިއުޑް ޓެސްޓް ޕޭޕަރ
  3. ކޭސް ސްޓަޑީ ޕޭޕަރ

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 3 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

24 ރަބީޢުލްއައްވަލް 1436

15 ޖަނަވަރީ 2015