ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރިދިވެހިރާއްޖެ |
އިޢުލާން ނަމްބަރ: GS05-C /IUL/2023/08
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ފޯރުކޮށްދޭނެ ފަރާތެއްހޯދުން
- 2023-2024 އަދި 2025-2024 ވަނަ ދިރާސީ އަހަރުގައި މި މަރުކަޒުގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ވިޔަފާރި ޢުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 0232 މެއި 29 ން ޖޫން 04 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުނެތް ވާހަކަ ދަންނަވަމެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖޫން 05 ވާ ހޯމަ ދުވަހުގެ 13:00 ގައި މި މަރުކަޒުގެ މީޓިންގ ރޫމްގައެވެ.
4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖޫން 06 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
5. ބިޑް ހުޅުވުން އޮންނާނީ 2023 ޖޫން 07 ވާ ބުދަ ދުވަހުގެ 13:00 ގައި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މީޓިންރޫމްގައެވެ.
6. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ސަމުގާ މަގު، ވިލިނގިލި، ދިވެހިރާއްޖެ.
ފޯން: 6820029
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
28 މެއި 2023