ދިވެހިރާއްޖެ
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
މާލެ،
ދިވެހިރާއްޖެ
ނަންބަރު: IAS/MIS/2023/2013
ޢިއުލާން
ނީލަން ކިއުން
ވެލާނާ އިންޓަރނޭޝަނަލް އަރޕޯރޓުގައި ބޭނުންކޮށްފައިހުރި ބައެއް ބައު ތަކެތި ނީލަން ކިއުން 2023 ޖޫން 01 ބުރާސްފަތި ދުވަހު 10:30ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮންނާނެއެވެ. ނީލަމުގެ ތަކެތި ހަމަ އެ ދުވަހުގެ 10:15ގައި ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން ފެންނާނެވާހަކަވެސް ދެންނެވީމެވެ.
ވީމާ، މިނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާފަރާތްތަކުން 2023 ޖޫން 01ވާ ބުރާސްފަތި ދުވަހުގެ 10:00އަށް އެއަރޕޯޓަށް ވަޑައިގަތުން އެދެމެވެ. މި ނީލަމަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބާއްވާ ނީލަމަކަށްވާތީ، އެއަރޕޯޓް ފާސްހެދުމަށްޓަކައި ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔެތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 30 ޖޫން 2023ވާ އަންގާރަދުވަހުގެ 11:00އަށް އައިލެންއޭވިއޭޝަން މައި އޮފީހަށް ގެނެސްދެއްވުން އެދެމެވެ.
08 ޛުލްޤައިދާ 1444
28 މެއި 2023