ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)326/326/2023/50
ޕަބްލިޝްކުރި ތާރީޚް: 28 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:26
ސުންގަޑި: 07 ޖޫން 2023 11:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އަޟްޙާ ޢީދު ކުޅިވަރުތައް 1444" އިންތިޒާމްކޮށް ހިންގާނޭ ޖަމުޢިއްޔާއެއް ހޯދުން

އިޢުލާން

"އަޟްޙާ ޢީދު ކުޅިވަރުތައް 1444" އިންތިޒާމްކޮށް ހިންގާނޭ ޖަމުޢިއްޔާއެއް ހޯދުން

1444 ވަނަ އަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށާއި، ހިންނަވަރުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަށް އާލާކުރުމުގެ ގޮތުން އަޟްހާ ޢީދުގެ 4 ދުވަހު ހިންނަވަރުގައި ކުޅިވަރު ޙަރަކާތްތައް ރާވައި ހިންގާނޭ ޖަމުޢިއްޔާއެއް ހޯދުމަށް، ޢާންމުކޮށް ހުޅުވާލަމެވެ.

 

ޖަމިއްޔާގެ ޒިންމާތައް:

1-      ކުޅިވަރު ހަރަކާތްތައް ރޭވުމާއި ކައުންސިލްގެ މަޝްވަރާގެ މަތިން، ކަނޑައަޅާ ގަވާޢިދާއި އެއްގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުން.

2-      ކުޅިވަރުތައް ހިންގުމަށް ބޭނުންވާ ސާމާނާއި މީހުން ހޯދުން. (ކައުންސިލްގައި ހުރި ތަކެތި އިންތިޒާމް ކުރާ ފަރާތުން ބޭނުން ވެއްޖެ ހިނދެއްގައި އޮންނަ އުސޫލުގެ ދަށުން ދުކުރެވޭނެއެވެ.)

3-      ކުޅިވަރުތައް ކުރިއަށްގެންދާ ސަރަޙައްދު ތައްޔާރުކުރުން.        

4-      ކުޅިވަރު މައިދާނަށް ތަކެތި ގެނައުމާއި ތަކެތި ބެހެއްޓުން، އަދި ކުޅިވަރުތައް ނިމުމުން ތަކެތި ނެގުން.

5-      ހަރަކާތް ކުރިއަށްދާ ވަގުތުގެ މީޑިއާ ( ފޭސްބުކް ލައިވް / ފޮޓޯ / ވީޑިއޯ) އަމިއްލަ ތަކެތީގައި ޙިއްސާކުރުން.

6-      ކުޅިވަރުގައި އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ކައުންސިލުން އަންގާ ގޮތެއްގެ މަތިން މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުން.

7-      ކުޅިވަރުތަކުން ވަނަތަކަށް ދާ ފަރާތްތަކަށް އިނާމާއި ސެޓްފިކެޓް ކަނޑައެޅުމާއި ތަކެތި ހޯދުން/ތައްޔާރުކުރުން.

 

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް، 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

ވީމާ، "އަޟްޙާ ޢީދު ކުޅިވަރުތައް 1444" އިންތިޒާމްކޮށް ހިންގުމަށް ޝަޢުޤުވެރިވާ ޖަމުޢިއްޔާތަކުން 07 ޖޫން 2023ގެ 11:00ގެ ކުރިން، ހިންގާނޭ ކުޅިވަރުތަކާއި ކުޅިވަރުތައް ހިންގާނޭ ގޮތުގެ ތަފްސީލް އެނގޭނޭހެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ކައުންސިލްގެ އީމެއިލް: [email protected] މެދުވެރިކޮށްވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.

 

28 މޭ 2023