ދިވެހިރާއްޖެ
އިޢުލާން
ށ. އަތޮޅު ހޮސްޕިޓަލުގެ ޖެނެރަލް ވާޑުގެ ހުޅަނގަށް އިތުރުކުރެވުނު ބަޔާއި އޯޓީ ވޯކުވޭގެ ފުރާޅުގެ ޓިނުތައް ބަދަލުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބެހޭ:
ށ.އަތޮޅު ހޮސްޕިޓަލުގެ ޖެނެރަލް ވާޑުގެ ހުޅަނގަށް އިތުރުކުރެވުނު ބަޔާއި އޯޓީ ވޯކުވޭގެ ފުރާޅުގެ ޓިނުތައް ބަދަލުކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދޭނެފަރާތެއް ހޯދުމަށް ކުރެވުނު މިހޮސްޕިޓަލުގެ (IUL)SH-FAH-A/SH-FAH/2023/15 ނަންބަރު އެއިޢުލާނާއި ގުޅިގެން ދެވުނު މައުލޫމާތު ކަރުދާހުގައި ބައެއް އިދާރީ ކުށް ފާހަގަކުރެވިފައިވާތީ، އެއިޢުލާނު ބާތިލުކޮށް އަލުން އިއުލާންކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 މެއި 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 05 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީ ކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމެންޓް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.
މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 06 ޖޫން 2023 ވާ އަންގާރަ ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 05 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.