ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM/IUL/2023/87
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 18:59
ސުންގަޑި: 08 ޖޫން 2023 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެޑްމިނިސްޓްރޭޓިވް ސަޕޯރޓް އޮފިސަރ
ބޭނުންވާ އަދަދު :3

މަޤާމުގެ ކްލެސިފިކޭޝަން: އެޑްމިން ސަޕޯރޓް އެސިސްޓަންޓް

މުސާރައާއި އެހެނިހެން އެލަވަންސް:

- އަސާސީ މުސާރަ:  -/3,470 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/1,700 ރުފިޔާ

- ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/1,214.50 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ %60): -/2,082 ރުފިޔާ

- ކެއުމާއި ބޭސްފަރުވާ ކުރުން

މަޤާމުގެ ޝަރުތު:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޖީ.ސީ.އީ އޯ-ލެވަލް އިމްތިޙާނުގައި 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވިމާއިއެކު. އެސް.އެސް.ސީ އިމްތިޙާނުގައި "ދިވެހި" އަދި "އިސްލާމް" މި 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، 

*ނޯޓް:

- ޑިޕްލޮމާ ލެވެލްގެ ސަނަދުން ފެށިގެން މަތީ ސަނަދި ހާސިލްކޮށްފައިވާ ފަރާތެއް މި މްޤާމަށް އެދި ފޯމް ހުށަހަޅާނަމަ އެ ފަރާތަކީ މި މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ މިންގަނޑަށްވުރެ މަތީ ފަރާތެއްކަމަށް ބަލައި އެފަރާތެއްގެ ފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ  ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒެމިނޭޝަން، ޕޮލިގްރަފީ ޓެސްޓް ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއްކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- މުވައްޒަފުންނާއި ގުޅޭ އިދާރީ މަސައްކަތްކުރުން،

- ބަންދުމީހުން ކޮންމެ ދުވަހަކު ފޮނުވާ ސިޓީތައް ސަރުކާރުގެ އިދާރާތަކަށް ފޮނުވުމުގެ ގޮތުން ސިޓީތަކާއި ހަވާލުވެ ޗެއިން ފޯރމް ފުރިހަމަކޮށް ފޮނުވުން އަދި ފޮނުވުނު ކަމުގެ ފޯރމް ހަވާލުކުރުން،

- ދޫނިދޫ ކަސްޓަޑީގައި ބަންދުކުރެވޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ތަކެތި ސްޓޮކް ތަކުގައި ހަމައަށް ހުރިތޯ ބަލައި ތަކެތި ހޯދުމަށް ރިކްއެސްޓްކޮށް ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން، 

- ދޫނިދޫ ކޭޓަރިންގެ ޙިދުމަތް ކުރިއަށް ގެންދިއުމަށް ދޭންޖެހޭ ޑެއިލީ އޯޑަރ ދިނުމާއި، މެސްރޫމްތަކުން އަންނަ ޝަކުވާތަކަށް ހައްލުކުރުމަށް މަސައްކަތްކުރުން،

- ދޫނިދޫ ޖަލުތަކާއި އިމާރާތްތަކުގެ ތަންތަން މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުމާއި، ތަކެތި ހޯދުމަށް ކުރަންޖެހޭ ރިކުއެސްޓްތައް ކުރުން،

- ދޫނިދޫ ކަސްޓަޑީގެ އެންމެހާ ތަންތަނުގެ އިންވެންޓްރީ ޤަވާޢިދުން ބެލެހެއްޓުން،

- ދޫނިދޫ ކަސްޓަޑީގެ ޔުނިޓް ތަކަށް ދުވަހުން ދުވަހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން،

- ދޫނިދޫގައި މަސައްކަތްކުރާ ލޭބަރުންގެ ޓިކެޓް ރިޒަވޭޝަން ހެއްދުމާއި، ޓިކެޓް ނެގުމުގެ އިތުރުން ޗުއްޓީއަށް މުވައްޒަފުން ފުރާއިރު ފުރަންޖެހޭ ފޯރމުތައް ފުރުން،

- ދޫނިދޫގައި މަސައްކަތްކުރާ ކޮންޓްރެކްޓް މުވައްޒަފުންގެ ވޯކް ޕާރމިޓް ، ޕާސްޕޯރޓް ފަދަ މުހިންމު ލިޔެކިޔުންތައް ހަމައަށް ހުރިތޯ ބެލުމާއި އޭގެ މުއްދަތު ހަމަވުމުގެ ކުރިން އެެކަން މުވައްޒަފުންނަށް އަންގައި އެކަން ކުރުމަށް ބާރު އެޅުން،

- ދޫނިދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ ކަންތައް ތަކާއި ގުޅިގެން މުވައްޒަފުން ކުރާ ޝަކުވާތައް އަޑުއެހުން،

- މުވައްޒަފުންގެ ޗުއްޓީ އަދި ސަލާމުގެ ރިކޯޑް ބެލެހެއްޓުން،

- ސަރުކާރުގެ އިދާރާތަކަށް ހާޒިރުވާންޖެހޭ މުވައްޒަފުން ހާޒިރުވުމަށް އެންގުމާއި މުވައްޒަފުން ހާޒިރުވުމަށް ބާރުއެޅުން. އަދި މުވައްޒަފުން ހާޒިރުވެއްޖެނަމަ ނުވަތަ ނުވާނަމަ އެކަން އަންގަންޖެހޭ ފަރާތްތަކަށް އެންގުން. 

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:   ދޫނިދޫ ކަސްޓަޑީ 

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:   ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް، 

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖޫން 08 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

05 ދުލްޤައިދާ 1444

25 މޭ 2023