ވަޒީފާގެ ފުރުޞަތު
ނަންބަރު: DS/IU/HR/2015/02
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 29 ޖަނަވަރީ 2015 14:30
ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
އެސިސްޓަންޓް ފޯމަން

އިޢުލާން

މުވައްޒަފުން ބޭނުންވާ މަޤާމު:

12 ނޮވެންބަރު 2014 ގައި  އެސިސްޓަންޓް ފޯމަނެއް ހޯދުމަށް ކުރެވުނު އިޢުލާނާ ގުޅިގެން، އެ މަޤާމަށް އެކަށީގެންވާ ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ ޢިޢުލާން (ނަންބަރު DS/IU/ HR/2014/34) ބާޠިލުކުރުމަށްފަހު، އެ މަޤާމަށް މީހަކު ހޯދަން އަލުން އިޢުލާނުކުރަމެވެ.

މަޤާމް: އެސިސްޓަންޓް ފޯމަން

ބޭނުންވާ އަދަދު: 1 (އެކެއް)

ރޭންކް: އެސް. އެސް 2

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ދަރުމަވަންތަ ސްކޫލް، މާލެ

ޝަރުޠު:  ސިވިލް ސަރވިސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.

މަޤާމުގެ ޝަރުޠު:

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

1- މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެސް/ހުއްދައެއް/ސަނަދެއް ހާސިލުކޮށްފައިވުން.

3470/-

1000/-

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

1- ސްކޫލުގެ ތަޅުދަނޑި، ސިފައިންގެއިން ނެގުމާއި އެޅުވުން.

2- މަސައްކަތު މުވައްޒަފުންގެ މަސައްކަތްތައް ބެލުން.

3- މަސައްކަތު މުވައްޒަފުން މަސައްކަތްކުރުމަށް ބޭނުންވާނޭ ސާމާނު، ސްކޫލުގެ ބަޖެޓް އޮފީހާ ގުޅިގެން ހޯދުން.

4- މަސައްކަތު މުވައްޒަފުންގެ ޑިއުޓީ ހަދައި، ޑިއުޓީއަށް ގަވާއިދުން ނިކުމޭތޯ ބެލުން.

5- މަސައްކަތު މުވައްޒަފަކު ޗުއްޓީއެއް ނަގައިފިނަމަ ނުވަތަ ހާޒިރުނުވާ ދުވަހެއްގައި  ސާފުކުރުމަށް އޭނާއާ ހަވާލުކުރެވިފައިވާ ތަންތަން އެހެން މުވައްޒަފަކާ ހަވާލުކޮށްގެން ސާފުކުރުވުން.

6- ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، ސްކޫލުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

އިތުރު ޢިނާޔަތްތައް: އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:      

- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން، ފޯމު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

- ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު)

- މުއްދަތު ހަމަނުވާ  އައި.ޑީ.ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެވާފައިވާ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއުލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން އެޓެސްޓްކުރެވިފައިފާ ކޮޕީގެ އަސްލު)  

- ސިވިލް ސަރވިސްގެ ވަޒީފާއެއްގައި އުޅޭނަމަ، އެ ވަޒީފާއިން މި ސްކޫލުގެ ވަޒީފާއަށް ބަދަލުވުމާމެދު، އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ނޯޓް:                   

- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންނަމަ، މި ސްކޫލުގެ ފޯނު ނަންބަރު 3324495 އަށް ގުޅުން އެދެމެވެ.

ސުންގަޑި:   

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖަނަވަރީ 29 ގެ 14:30 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމާއެކު، ދަރުމަވަންތަ ސްކޫލްގެ އޮފީހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

 30 ރަބީޢުލްއައްޥަލް 1436

 

21 ޖަނަވަރީ 2015