ވަޒީފާގެ ފުރުޞަތު
ނަންބަރު: HDC(161)-HRM/IU/2023/282
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 19:41
ސުންގަޑި: 01 ޖޫން 2023 14:00
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސަޕޯޓް ސްޓާފް (Support Staff)

ސަޕޯޓް ސްޓާފް
ފެސިލިޓީސް މެނޭޖްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ

ތައުލީމީ ފެންވަރާއި ތަޖުރިބާ:
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖްކްޓްތަކަށް ބޭނުންވާ އެންމެހައި ޢަމަލީ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ކޯޕަރޭޝަނުން ބަލަހައްޓާ އިމާރާތްތަކާއި އަދި އެފަދަ އެހެނިހެން ތަންތަނުގެ މަރާމާތުގެ މަސައްކަތްތައް ކުރުން. މީގެތެރޭގައި ގާއެޅުމާއި، ލައިޓް މަރާމާތުކުރުމާއި، ކޮންކްރީޓް އެޅުމާއި، ކާޕެންޓްރީ އަދި މޭސަނަރީ އާއި ގުޅުންހުރި މަސައްކަތްތައް ކުރުން ހިމެނޭ.
- ޑިޕާޓްމެންޓް އިން ހިންގާ އެކިކަހަލަ ކޮންސްޓްރަކްޝަން، ޑިވެލޮޕްމަންޓް އަދި މަރާމާތުގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން. މީގެތެރޭގައި ޕާރކް ހެދުމާއި އަދި އިމާރާތްކުރުމުގެ މަސައްކަތްތައް ހިމެނޭ.
- މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުން.
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- މަސައްކަތުގެ މާހައުލުގައި އެންމެން ގުޅިގެން މަސައްކަތްކުރުން.
- ގަޑިއަށް ފަރުވާތެރިވުމާއި ހަވާލުކުރެވޭ މަސައްކަތް ވަގުތައް ނިންމުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.

މުސާރަ: 10,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

 

ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ އަދި ލައިސަންސް ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އަރބަންކޯ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

ޕޯޓަލް ލިންކު: ( https://jobs.urbanco.mv )

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.

 

25 މޭ 2023