ދިވެހިރާއްޖެ
އިޢުލާން ނަންބަރު: 134-PRO/I/2023/41
ތާރީޚް: 25 މެއި 2023
އިޢުލާން
ފެލިވަރުގައި 2 ކޮޓަރިއާއި ސިޓިންރޫމެއް ހިމެނޭ އިމާރާތެއް ޢިމާރާތްކުރުމާއި މިހާރު ހުރި އިމާރާތުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުން
މި އޮފީހުގެ ނަންބަރ އިޢުލާން 134-PROC/I/2023/31 (11 މެއި) ގައި މިފްކޯގެ ފަރާތުން ޅ.ފެލިވަރުގައި މިހާރު ހުރި އެކޮމޮޑޭޝަން އިމާރާތަށް އިތުރު ކުރެވޭ 2 ކޮޓަރިއާއި ސިޓިންރޫމެއް ހިމެނޭ އިމާރާތެއް ގޮތަށް މިފްކޯއިންދޭ ކުރެހުމަކާއި އެއްގޮތަށް އިމާރާތް ކުރުމާއި މިހާރު ހުރި އިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތަށް، ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ޢިއުލާނަށް ލިބިފައިވާ ތަރުހީބު ކުޑަކަމަށް ފެންނާތީވެ އިޢުލާން ކެންސަލްކޮށް އަލުން އިޢުލާނުކުރަމެވެ.
މިއީ ޅ.ފެލިވަރުގައި މިހާރު ހުރި އެކޮމޮޑޭޝަން އިމާރާތަށް އިތުރު ކުރެވޭ 2 ކޮޓަރިއާއި ސިޓިންރޫމެއް ހިމެނޭ އިމާރާތެއް ގޮތަށް މިފްކޯއިންދޭ ކުރެހުމަކާއި އެއްގޮތަށް އިމާރާތް ކުރުމާއި މިހާރު ހުރި އިމާރާތުގެ ބައެއް މަރާމާތުގެ މަސައްކަތަށް، ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން، މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ސާމާނުގައި މަސައްކަތް ކުރުމަށް އަގު ހުށަހެޅުމަށް ހުޅުވާލެވޭ ފުރުޞަތެކެވެ. މި މަަސައްކަތްކުރާނީ މިފްކޯއިން ކަނޑައަޅާފައިވާ އިންޖިނޭރެއްގެ ބެލުމުގެދަށުން އޭނާގެ ޙާޟިރުގައެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ބީއޯކިއު އެޓޭޗް ކުރެވިފައިވާނެއެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން (އޮންލައިންކޮށް) |
އީމެއިލް މެދުވެރިކޮށް [email protected] |
30 މެއި 2023 |
ހެނދުނު 10:00ގެ ކުރިން |
މަޢުލޫމާތު ދިނުމުގެ ސެޝަން |
މިފްކޯ ހެޑް އޮފީސް / މީޓިން ރޫމްގައި |
30 މެއި 2023 |
ހެނދުނު 11:00 ގައި |
ބީލަން ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
04 ޖޫން 2023 |
މެންދުރު 01:00ގެ ކުރިން |
ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް [email protected] |
04 ޖޫން 2023 |
މެންދުރު 01:00ގެ ކުރިން |
ބީލަން ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
04 ޖޫން 2023 |
މެންދުރުފަހު 02:00ގައި |
މި ބީލަމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައާއި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.
- އިޢުލާން ނަންބަރު
- ކުންފުނީގެ ނަން
- ނަމާއި ފޯނު ނަންބަރު
- އީމެއިލް އެޑްރެސް
ނޯޓް: ބިޑަށް އަންދާސީ ހިސާބު ހުށައަޅުއްވަން ވާނީ ހަމައެކަނި [email protected] އީމެއިލް އަށެވެ. މިނޫން އީމެއިލް އަކަށް އެޑްރެސްކުރާ ނުވަތަ ސީސީ ކޮށްފައިވާ އަންދާސީ ހިސާބު ބަލައިނުގަތުމުގެ އިހުތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.