ދިވެހިރާއްޖެ
އިޢުލާން
49 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް
49 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 20 ޖޫން 2023 އިން 27 ޖޫން 2023 އަށް މާލެ ކުޅިވަރު ބެޑްމިންޓަން އިންޑޯ ހޯލްގައި ބޭވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓް (https://badmintonmaldives.org.mv) ގައި ޝާޢިއު ކުރެވިފައިވާނެއެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 11 ޖޫން 2023 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯނު ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
25 މޭ 2023