ޢާންމު މަޢުލޫމާތު
ނަންބަރު: GS-65-B/IUL/2023/17
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:57
ސުންގަޑި: 04 ޖޫން 2023 09:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފެކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

1. ސްކޫލްގެ 4 ތަނަކަށް ސަޕްލައިޑް ފެން ވައިރުކުރުމާއި އާރް.އޯ ޕިޔުރިފެކޭޝަން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް

2. ސްކޫލްގެ ދަރިވަރުން ބޭނުންކުރާ ފާހާނާތަކާއި އޮފީސް އިމާރާތުގެ ފާހާނާތަކާއި ވުޟޫކުރުމަށް ބޭނުންކުރާ އިސްކުރުބަރިއަށް ސަޕްލައިޑް ފެންވައިރު ކުރުމުގެ މަސައްކަތް

މި މަސައްކަތްތަކަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

1. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވާން އެދޭ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް  2023 މެއި 25 އިން 2023 މެއި 29 ވާ ހޯމަ ދުވަހުގެ 8:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް " ބީލަން ރަޖިސްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ދެވިފައިވާ ސުންގަޑި ހަމަވުމަށްފަހު ރަޖިސްޓްރީ ކުރުމަށް ހުށަހެޅިނަމަވެސް އެ ހުށަހެޅުމެއް ބަލައިނުގަނެވޭނެއެވެ. ބިލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

2. ލިންކު: Water Connection Work - Registration

3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 މެއި 30 ވަނަ ދުވަހުގެ  13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. މި މަސައްކަތްތަކާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 މެއި 29 ވަނަ ދުވަހު ހެނދުނު 09:00  ގައި މި ސްކޫލުގެ އޮފީހުގައެވެ.

5. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 2023 ޖޫން 04 ވަނަ ދުވަހުގެ ހެނދުނު 09:00 ގައި މި ސްކޫލުގެ އޮފީހުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ވިލުފުށީ ސްކޫލް

ތ.ވިލުފުށި

ފޯން:  7940633

އީ-މެއިލް:[email protected]

 

 

 

25 މޭ 2023