ބީލަން
                	
                ނަންބަރު: (IUL)309-AHI/309/2023/102
                    ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
                    ޕަބްލިޝްކުރި ގަޑި:  14:40
                    
                މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ކައުންސިލަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު – ކައުންސިލަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
- ކައުންސިލަށް ބޭނުންވާ ޕިކަޕް ސަޕްލައިކޮށްދިނުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު: (IUL)309-ESM/309/2023/69 (28 މާރިޗު 2023) އިޢުލާނަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން އަލުން ހުޅުވާލަމެވެ.
 - މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 05 ޖޫން 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
 - މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 07 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
 - މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 12 ޖޫން 2023 ވާ ހޯމަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
 - ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 19 ޖޫން 2023 ވާ ހޯމަ ދުވަހު 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
                25 މޭ 2023