މަސައްކަތް
ނަންބަރު: (IUL)101-PMU/1/2023/134
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 31 ޖުލައި 2023 16:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް ޓޫރިޒަމް ދާއިރާގެތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތައް ހޯދުމަށް އިޢުލާނު ކުރުމާއި ގުޅޭ

އިޢުލާން

  ކޮވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އަމާޒުކޮށް، މި މިނިސްޓްރީއާއި  ވޯލްޑްބޭންކްއާއި ގުޅިގެން ހިންގަމުންދާ "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން، ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައިދޭނެ ފަރާތްތަކެއް ހޯދުމާއި ގުޅޭގޮތުން މި މިނިސްޓްރީން 12 އެޕްރީލް 2022 ގައި ކުރެވުނު އިޢުލާން (ނަންބަރު (IUL)101-AS/1/2022/81) އާއި ގުޅިގެން ދަންނަވަމެވެ. މި ޢިއުލާނުގެ ދަށުން ކޯސްތައް ހިންގުމަށް ހުޅުވާލެވުނު ދާއިރާ ކަމަށްވާ ޓޫރިޒަމް ދާއިރާގެ ކޯސްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބުރުގައި އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ.

  ވީމާ، ޓޫރިޒަމް ދާއިރާއަށް ޚާއްސަކޮށް ތަމްރީނު ފްރޮގްރާމްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ މައުލޫމާތު ޝީޓަށް ރިޢާޔަތްކޮށް އެ ކަރުދާހުގައި ހިމަނާފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. 

  މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަތީގައި ދެންނެވުނު އެޕްލިކޭޝަން ފޯމާއި، ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް މިނިސްޓްރީގެ އީމެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އަދި އެހެނިހެން މަޢުލޫމާތު މި އިޢުލާނުގައިވާ އިންފޮމޭޝަން ޝީޓްގައި ހިމެނިފައިވާނެއެވެ.

 

25 މޭ 2023