ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިއްދޫ،
ދިވެހިރާއްޖެ.
ނަންބަރު:(IUL)225-CA/225/2023/27
އިޢުލާން
އަޟްޙާ ޢީދު ދުވަސް ފާހަގަކުރުމަށް ބާއްވާ ޢީދު ސައިފޮދާ ގުޅޭ
1444 ވަނަ އަހަރުގެ އަޟުޙާ ޢީދު ހއ. އަތޮޅުގެ ރަށްރަށުގައި ފާހަގަކުރުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ޢީދު ސައި ބޭއްވުމަށް، އަތޮޅުގެ ކޮންމެ ރަށަކަށް 5000.00ރ (ފަސް ހާސް ރުފިޔާ)ގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.
ވުމާއެކު، އަޟްޙާ ޢީދު ދުވަހު ޢީދު ސައި ބޭއްވުމަށް ބޭނުންވާ ހއ. އަތޮޅު ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން 2023 މޭ 31 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި ސިޓީ ފޮނުއްވާނީ މި ކައުންސިލްގެ އީ-މެއިލް:[email protected] އަށް ކަމުގައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.