ދިވެހިރާއްޖެ
ކުރީގެ ކުޅިވަރުބިން ސަރަހައްދުން އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ މިދަންނަވާ 4 ބިން
# (ލޮޓްނަމްބަރ: 68.1 ) 800 އަކަފޫޓް
# (ލޮޓް ނަމްބަރ: 59.2.1 ) 1400 އަކަފޫޓް
# (ލޮޓް ނަމްބަރ: 59.2.2 ) 1400 އަކަފޫޓް
# (ލޮޓްނަމްބަރ: 32.1) 1400 އަކަފޫޓް
އެކިއެކި ލުއި މަސައްކަތްތަކަށާއި ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ބީލަން އުޞޫލުން ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިބިންތައް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް އެލޮޓަކަށް " ކުލީބިމަށް އެދޭފޯމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް (ބިޑްގަތުމަށް އެދޭ ފޯމް ގައި ބަޔާންކޮށްފައިވާ) ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
| 
 ތަފްޞީލް  | 
 މުއްދަތު  | 
 ގަޑި  | 
 ތަން  | 
| 
 ކުލީބިމަށް އެދޭ ފޯމް ވިއްކުން (ކުލީބިމަށް އެދޭ ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް )  | 
 4 ޖޫން 2023 ވާ އާދިއްތަ ދުވަހުން ފެށިގެން 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހަށް  | 
 ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:00  | 
 ހިންމަފުށީ ކައުންސިލްގެ އިދާރާއިން  | 
| 
 މަޢުލޫމާތު ދިނުން  | 
 4 ޖުލައި 2023 ވާ އަންގާރަ ދުވަސް  | 
 މެންދުރު 13:30  | 
 ހިންމަފުށީ ކައުންސިލްގެ އިދާރާ  | 
| 
 ބިޑު ހުށަހެޅުން ( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )  | 
 13 ޖުލައި 2023 ވާ ބުރާސްފަތި  | 
 މެންދުރު 13:00  | 
 ހިންމަފުށީ ކައުންސިލްގެ އިދާރާ  | 
ބިޑް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ބިޑްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ. އަދި ބިޑްފޯމްގަތުމަށްފަހު ބިޑްފޯމްގަތް ފައިސާ އަބުރާ ދެވެންނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.