ވަޒީފާގެ ފުރުޞަތު
ނަންބަރު: IL/2023/4421
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 01 ޖޫން 2023 13:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން/ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، އެޕްލިކޭޝަން އެޑްމިނިސްޓްރޭޝަންގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމްއެމްއޭއިން ގާއިމްކުރަމުންދާ ޕޭމަންޓް ސިސްޓަމްގެ މޯބައިލް އެޕްލިކޭޝަން އަދި ޕޭމަންޓް ޕްލެޓްފޯމް އެޑްމިނިސްޓަރ ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  • ޕޭމަންޓް ޕްލެޓްފޯމަށް ދިމާވާ މައްސަލަތައް ދެނެގަނެ އެފަދަ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރުން
  • ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  • ޑިވިޝަނަށް ލިބޭ ޑޭޓަތައް އެނަލައިޒްކޮށް ސްޓްރީމްލައިން ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް އޯވަރސައިޓް ސެކްޝަން/ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފިންޓެކް، ބޭންކިން، ބޭންކިން އެންޑް ފައިނޭންސް، ބިޒްނަސް ނުވަތަ ޑޭޓާ އެނެލިޓިކްސް މި ދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ފިންޓެކްގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖްރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޭމަންޓް ސިސްޓަމްސް އޮޕަރޭޓް ކުރުމުގެ މަސައްކަތްކޮށްފައިވާ ނުވަތަ ޕޭމަންޓްގެ ޚިދުމަތްދޭ ދާއިރާއެއްގައި ނުވަތަ ބޭންކިން ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޝަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ޕޭމަންޓް ސިސްޓަމް މޮނިޓަރކުރުމުގެ މަސައްކަތާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް ސުޕަވައިޒްކުރުމުގެ މަސައްކަތްކުރުން
  • ޕޭމަންޓް ސިސްޓަމްތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މަސައްކަތްތައް ސުޕަވައިޒް ކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތައް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެދިނުން
  • ޕޭމަންޓް ސިސްޓަމް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ޖީސީއީ އޭލެވެލް އިމްތިޙާނުގެ އެކައުންޓިން މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި، ޑޭޓާ ސައިންސް ނުވަތަ ޑޭޓާ އެނަލިޓިކްސް ދާއިރާއިން ސެޓްފިކޭޝަނެއް ލިބިފައިވާ ފަރާތްތަކަށާއި އައިޓީ އޮޑިޓް ދާއިރާއިން ސެޓްފިކޭޝަނެއް (މިސާލަކަށް ސެޓްފައިޑް އިންފޮރމޭޝަން ސިސްޓަމްސް އޮޑިޓަރ) ލިބިފައިވާ ފަރާތްތަކަށް އަދި އައިޓީ އޮޑިޓް ދާއިރާގައި ނުވަތަ އައިޓީ ދާއިރާގައި މަދުވެގެން 1 އަހަރު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

އައިޓީ އޮޑިޓްތައް ކުރުމާއި އެމްއެމްއޭގެ އައިޓީއާ ގުޅުންހުރި މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އައިޓީ އޮޑިޓް އެންގޭޖްމެންޓްތައް ހެދުމުގައި އެހީތެރިވެދިނުން

 

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ގަވަނަންސް، މެނޭޖްމަންޓް އެންޑް އިންޕޮރމޭޝަން ސަރވިސަސް ސެކްޝަން، ޓެކްނޮލޮޖީ ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ވަޒީފާ ހަމަޖެއްސުމުގައި ބިޒްނަސް އެނަލިސިސް އާއި ގުޅޭ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އޮތޯރިޓީގެ އެކިއެކި ބިޒްނަސް ޕްރޮސެސްތަކާއި ބޭނުންކުރަމުންދާ އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްސްތައް ދިރާސާކޮށް އޮތޯރިޓީގެ މަސައްކަތްތައް ތަރައްޤީކުރުމަށް ބޭނުންވާނެ ސިސްޓަމްސްތައް ހުށަހެޅުން
  • އޮތޯރިޓީގެ އެކިއެކި ޑިވިޜަންތަކުގެ ބިޒްނަސް ރިކުއަރމަންޓްތައް ދެނެގަނެ، ޕްރޮގްރާމް ހަދާ ފަރާތްތަކަށް ބޭނުންވާނެހެން ޓެކްނިކަލް ރިކުއަރމަންޓްސް ތައްޔާރުކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

އޮން-ސައިޓް ސުޕަރވިޝަން ސެކްޝަން / ބޭންކްސް އެންޑް އަދަރ ފައިނޭންޝަލް އިންސްޓިޓިއުޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އައިޓީ ނުވަތަ ކޮމްޕިއުޓަރ ސައިންސް  ނުވަތަ މި ދާއިރާތަކާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • މައިކްރޯސޮފްޓް އެކްސެލް ނުވަތަ އެހެން ސްޓެޓިސްޓިކަލް ސޮފްޓްވެއަރ ބޭނުންކޮށްގެން އެނަލިސިސް ހަދަން އެނގުން
  • ވަޒީފާ ހަމަޖެއްސުމުގައި އައިޓީ ސިސްޓަމްތަކަށާއި ސައިބަރ ސެކިއުރިޓީ ރިސްކްތައް ދެނެގަތުމަށް އަހުލުވެރިފެވައިވާ ފަރާތްތަަކަށާއި ސޮފްޓްވެއަރ/އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖްރިބާއާއި ޔޫޒަރ އިންޓަރފޭސް/ޔޫޒަރ އެކްސްޕީރިއަންސް ޑިޒައިނިން، ބެކް-އެންޑް އަދި ފްރޮންޓް-އެންޑް ޑިވެލޮޕްމަންޓާއި ޑޭޓާބޭސް ޑިޒައިން އަދި ޑިވެލޮޕްމަންޓް ދާއިރާއިން ތަޖުރިބާއާއި ހުނަރު ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ބޭންކްތައް ސްޕަވައިޒު ކުރުމާއި ރެގިއުލޭޓް ކުރުމުގެ އެންމެހާ މަސައްކަތްތަކާއި ބޭންކްތަކުގެ ސައިބަރ ސެކިއުރިޓީ ރިސްކްތައް އެސެސްކުރުމުގެ މަސައްކަތްކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް އެންޑް މެނޭޖްމަންޓް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް ނުވަތަ މި ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން. (ވަޒީފާ ހަމަޖެއްސުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއިން ތައުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެެ
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އެކައުންޓިންއާ ގުޅޭ އައިޓީ ސިސްޓަމްތަކަށާއި ސެކްޝަންގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް ބޭނުންވާ އެޕްލިކޭޝަންތައް ޑެވެޕޮލްކުރުމުގެ ތަމްރީން އަދި ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްރޮގްރާމިންގ ލޭންގުއޭޖްތަށް ބޭނުންކޮށްގެން ފައިނޭޝަލް ޑޭޓާބޭސްއެއް ގާއިމުކުރުމުގެ މަސްކަތްކުރުން
  • ސެކްޝަންގެ މަސައްކަތް އޮޓޮމޭޓްކުރުމުގެ މަސައްކަތް ކުރުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

ރިސަރޗް އެސިސްޓެންޓް

ސެކްޝަން/ޑިވިޜަން:

އިކޮނޮމިކް ރިސަރޗް ސެކްޝަން / ރިސަރޗް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް ނުވަތަ ފައިނޭންސް ނުވަތަ މި ދާއިރާގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލުކޮށްފައިވުން
  • ތިރީގައި ބަޔާންކޮށްފައިވާ ހުނަރާ ތަޖްރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ

-          ކުއަންޓިޓޭޓިވް އަދި އެނެލެޓިކަލް ސްކިލްސް

-          މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން އެނަލިސިސް ހެދުމުގެ ހުނަރާއި ތަޖުރިބާ

-          އީވިއުސް އަދި ސްޓޭޓާ ފަދަ ސްޓެޓިސްޓިކަލް ސޮފްޓްވެއަރ އަކަށް އަހުލުވެރިވުމާއި ދާއިރާގެ ހުނަރާއި ތަޖްރިބާ

-          ޑިގްރީ ލެވެލްގައި ތީސީސް ފަދަ ރިސަރޗް ޕޭޕަރެއް ލިޔެ ހުށަހަޅާފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ރިސަރޗް އެންޖެންޑާގައި ވާގޮތުގެ މަތިން ރިސަރޗްތައް ހެދުމާއި އެކަމާގުޅޭ ކަރުދާސްތައް ތައްޔާރުކުރުން
  • އެމްއެމްއޭގެ ޕަބްލިކޭޝަންތަކަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމަށާއި މެނޭޖްމަންޓަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިގްތިޞާދީ ހަރަކާތްތައް އެލަނައިޒް ކުރުމުގައި އެހީތެރިވެދިނުން
  • ކުއަރޓަލީ ބިޒްނަސް ސަރވޭ ކުރުމާގުޅޭގޮތުން ކުރަންޖެހޭ މުއާމަލާތްތައް ކުރުން
  • އިގްތިޞާދާގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމަށް ބޭނުންވާ މައުލޫމާތައް ތައްޔާރުކޮށް ޕްރެންޓޭޝަންތައް ދިނުން

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

މަނިޓަރީ އެސިސްޓަންޓް

ސެކްޝަން:

މަނިޓަރީ ޕޮލިސީ ސެކްޝަން/މަނިޓަރީ ޕޮލިސީ އެންޑް އެކްސްޗޭންޖް ރޭޓް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އިކޮނޮމިކްސް، އެޕްލައިޑް އެކޮނޮމިކްސް، އެކޮނޮމެޓްރިކްސް، ކުއަންޓިޓޭޓިވް އިކޮނޮމިކްސް، މަނިޓަރީ އިކޮނޮމިކްސްއާ ގުޅޭ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް އިމްތިޙާނުގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން
  • އިކޮނޮމެޓްރިކް މޮޑެލިން، އެނަލިސިސް އަދި ޕްރޮގްރާމިންގެ މައުލޫމާތާއި ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • މަނިޓަރީ އަދި އެކްސްޗޭންޖް ރޭޓް ޕޮލިސީ އެކުލަވާލުމުގައި އެހީތެރިވެދިނުން
  • ރާއްޖޭގެ މަނިޓަރީ އަދި ފޮރިން އެކްޗޭންޖް މާރކެޓްގެ ހާލަތާ ގުޅުން ހުރި ދިރާސާތައް ކުރުން
  • ލިކުއިޑިޓީ ފޯކާސްޓިންގެ މަސައްކަތާއި ބޭންކް ކްރެޑިޓް ސާރވޭގެ މަސައްކަތްތައް ކުރުން
  • މަނިޓަރީ ޕޮލިސީ ކޮމިޓީގެ އިދާރީ މަސައްކަތްތަކުގައި އެހީތެރިވެދިނުން

 

މުސާރަޔާއި އިނާޔަތްތައް

20,500.00 – 22,300.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓްސް ސެކްޝަން / ޕަބްލިކް ބޭންކް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕޭމަންޓްހެދުމަށް ލިބޭ ޑޮކިއުމަންޓްސްތައް އެކައުންޓިން އަދި ޕޭމަންޓްސިސްޓަމަށް އެންޓަރ ކުރުން
  • އެމްއާރުޓީޖީއެސް އަދި އޭސީއެޗް ސިސްޓަމް މެދުވެރިކޮށް ޕޭމަންޓްތައް ޕްރޮސެސް ކުރުން
  •  އެކިއެކި އިދާރާތަކުން އެމްއެމްއޭއަށް ފޮނުވާ ޗެކާއި ފައިސާއާ ގުޅޭ ލިޔެކިޔުންތައް ބަލައިގަތުމުގެ މަސައްކަތްކުރުން
  • ސެކްޝަނަށް ލިބޭ ޗެކާއި ސްލިޕާއި އަދިވެސް އެހެނިހެން ލިޔުންތައް ސްކޭންކޮށް ޑޮކިއުމެންޓް ކުރުން

މުސާރަޔާއި އިނާޔަތްތައް

11,750.00 – 13,250.00 ރުފިޔާ

މަޤާމް:

އޮފިސަރ 

ސެކްޝަން/ޑިވިޜަން:

އެޑްމިނިސްޓްރޭޝަން ސެކްޝަން / ޖެނެރަލް ސަރވިސަސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ހުނަރު:

  • ޖީސީއީ އޭލެވެލް ބިޒްނަސް ސްޓްރީމްގެ 3 މާއްދާއިން "ސީ" ފާސް ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލް ކޮށްފައިވުންް

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްޓޮކް އަދި ޑޮކިއުމެންޓް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން
  • އާކައިވް އަދި ފައިލިން ސިސްޓަމް ބެލެހެއްޓުން
  • ޑިސްޕެޗް އަދި އޮފީސް ފޮޅާ ސާފުކުރުމުގެ މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން
  • ރިސެޕްޝަންގެ  މަސައްކަތްތައް (އޮތޯރިޓީއަށް ސިޓީ ފަދަ ތަކެތި ބަލައިގަތުމާއި އެ ތަކެތި ހަވާލުކުރަންޖެހޭ ފަރާޓްތަކަށް ހަވާލުކުރުމާއި ފައިލްކުރުމާއި، އޮތޯރިޓީގެ ޖެނެރަލް ލައިނަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދިނުން)

 

މުސާރަޔާއި އިނާޔަތްތައް

  • 11,750.00 – 13,250.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

01 ޖޫން 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އަށް

 

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަނޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

25 މޭ 2023