މަސައްކަތް
ނަންބަރު: (IUL)255/255/2023/30
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 08 ޖޫން 2023 13:00
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުތީމުގައި ކޭބަލްޓީވީގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް

ހއ. އުތީމުގައި 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ކޭބަލް ޓިވީގެ ޙިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.

މި ޙިދުމަތްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށް ފަހު 14 ޖޫން 2023 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަން ބަދަލުގައި މަޢުލޫމާތު ސާފުކުރަން ވަޑައިގަންވާއިރު ވަޑައިގަންނަވާ ހައިޞިއްޔަތު އެނގޭނެ ލިޔުމެއް ހިތްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މޭ 2023