ދިވެހިރާއްޖެ
ސެޓުފިކެޓު 3 އިން ސްޕެޝަލް އެޑިޔުކޭޝަން ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
މި އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ ސެޓުފިކެޓު 3 އިން ސްޕެޝަލް އެޑިޔުކޭޝަން ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޯހެއްގެ ގޮތުގައި ކަމުން ކޯހަށް ހޮވޭ ކޮންމެ ދަރިވަކަށް، އެ ދަރިވަރަކު ދިރިއުޅޭ ރަށެއްގައި ހުރެގެން ކޯސް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ކޯހަށް އެދޭ އެޕްލިކޭޝަން ފޯމު މި އިންސްޓިޓިއުޓުން ލިބެން ހުންނާނެއެވެ. އަދި މި އިންސްޓިޓިއުޓްގެ ވެބްސައިޓް www.nie.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. ފޯމު ފުރިހަމަ ކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މި އިންސްޓިޓިއުޓަށް ހުށަހެޅުން އެދެމެވެ.
(ހ) ކިޔަވައިދިނުމުގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. (ށ) އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތުކުރަން ފަރިތަ ފަރާތެއް ކަމުގައިވުން. |
ކޯހުގެ ޝަރުޠު : |
މާލެއާއި އަތޮޅު ތެރޭގައި |
ކޯސް ހިންގާ ތަން : |
4 މަސްދުވަސް |
ކޯހުގެ މުއްދަތު : |
-/1000ރ ( އެއްހާސް ރުފިޔާ ) |
ކޯހުގެ ފީ : |
22 ފެބުރުވަރީ 2015 |
ކޯސް ފެށޭ ތާރީޚް : |
އައި.ޑީ ކާޑުގެ ކޮޕީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށްފަހު) ހުށަހެޅުން. |
ކޯހަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް : |
ކޯހަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 12 ފެބުރުވަރީ 2015 ގެ ކުރިން މިއިންސްޓިޓިއުޓަށް ހުށަހެޅުއްވުން އެދެމެވެ. |
ސުންގަޑި: |
250 ބައިވެރިން |
ކޯހުގެ ޖާގަ: |
މި ކޯހަކީ އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ކޯހަކަށް ވާތީ 'ސެން' ކުލާހެއްގައި 2 ހަފްތާގެ ޢަމަލީ ތަޖުރިބާ ކޮންމެ ބައިވެރިޔަކުވެސް ފުރިހަމަކުރަން ޖެހޭނެއެވެ. ނަމަވެސް 'ސެން' ކުލާސްތައް އުފެދިފައިނުވާ ރަށްރަށުގެ ޓީޗަރުން ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައިކުރާ ދަތުރުގެ ޚަރަދުތައް ހަމަޖައްސަންޖެހޭނީ ކޯސް ފުރިހަމަކުރާ ބައިވެރިން އަމިއްލައަށެވެ. |
ކޯސް ފަރުމާކުރެވިފައިވާ ގޮތް: |
ކޯހަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޯހަށް ހޮވޭ ބައިވެރިންނަށް، ކޯހަށް ހޮވުނުކަން 16 ފެބުރުވަރީ 2015 ކުރިން އެންގޭނެ ވާހަކަ ދެންނެވީމެވެ.
01 ރަބީޢުލްއާޚިރު 1436