ދިވެހިރާއްޖެ
ދޯނި "އަލިރޯދި"، ރަޖިސްޓަރީ ނަންބަރު:[P8161A-01 [01-T އަދި އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމާބެހޭ
ދޯނީގެ ތަފުސީލު:
ބާވަތް: ދޯނި
ނަން: އަލިރޯދި
ރަޖިސްޓަރީ ނަންބަރު: [P8161A-01 [01-T
މުދަލުގެ ތަފުސީލު: ދިގުމިން: 30.330 މީޓަރ، ފުޅާމިން 7.830 މީޓަރ، ފުންމިން: 3.400 މީޓަރ، ޓަނޭޖް: 47.580
ވެރިފަރާތް: އަލްފާޟިލް އާދަމް ޢަލީ، ދަފްތަރު ނަންބަރު 5572، މާލެ
ނޯޓް: މި ދޯންޏަކީ ފައިބަރުން ބަނދެ %75 މަސައްކަތްނިމިފައި އިންޖީނު އަދި ނާޅާ ހުރި ދޯންޏެކެވެ. ދޯނި ވިއްކާލުމަށް ހަމަޖެހިފައިވަނީ ދޯނީގައި އެޅުމަށް ގެނެސްފައިވާ އިންޖީނާ އެކުގައެވެ. ދޯނީގައި އެޅުމަށް ގެނެސްފައިވާ އިންޖީނުގެ ތަފުސީލު ތިރީގައި ބަޔާންކުރެވިފައި މިވަނީއެވެ. މިދޯނި ރަޖިސްޓަރީ ކޮށްދީފައިވަނީ 05 އެޕްރީލް 2006 ގައެވެ. މި އިޢުލާނުކުރެވޭއިރު މިދޯނި އޮތީ ގދ. މަޑަވެލީގައެވެ.
އިންޖީނުގެ ތަފުސީލު:
ބާވަތް: މެރިން އިންޖީނު
ބްރޭންޑް: ވޮލްވޯ ޕެންޓާ D16-MH
ނޯޓް: މި އިޢުލާނުކުރެވޭއިރު މި އިންޖީނު ހުރީ މާރކެޓެކް ސާވިސް ސެންޓަރ، ޕްލޮޓް M3-06، ހުޅުމާލޭގައެވެ.
ދޯނި އަދި އިންޖީނު ރަހުނުކުރެވިފައިވަނީ: އަލްފާޟިލް އާދަމް ޢަލީ، ދަފްތަރު ނަންބަރު 5572، މާލެ އަށް ދޫކޮށްފައިވާ ލޯނަކަށް
ރަހުނު ވިއްކާލުމުގެ ހުއްދަ: ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާ ނަންބަރު 215/Q10C/2012 އިން.
ނީލަމުގެ ތަފުސީލު:
މަދުވެގެން ހުށަހެޅޭނެ އަގު: -/1,800,000ރ. (އެއް މިލިއަން އަށްލައްކަ ރުފިޔާ)
މުއްދަތު ހަމަވާ ތާރީޚު: 08 ފެބުރުވަރީ 2015 ގެ މެންދުރުފަހުގެ 01:30 އަށް
ބިޑް ހުޅުވާނެ ތަން: ސީޓްރެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓް
މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ.
ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީ އަގު ކަމުގައި އިޢުލާނު ކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާން ކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.
ނީލަން ނިންމުން:
ނީލަން ނިމުމުން އެންމެ މަތީ އަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ އެހުށަހެޅުން ބާޠިލު ކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.
ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.
އަގު ހުށަހެޅުން:
ހުށަހަޅަންޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހެނދުނު 09:00 އާއި މެންދުރުފަހުގެ 01:30 އާ ދެމެދު ސީޓްރެކްސް ބިލްޑިންގގެ 07 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ ރިކަވަރީސް ޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި "އަލިރޯދި ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.
އަމިއްލަ ފަރުދެއްނަމަ: - ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ)
ކުންފުންޏެއްނަމަ: - މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތު ކުރައްވާނެ ފަރާތަކާ ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހި ރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް
- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ
- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތު ކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ރިކަވަރީސް ޑިޕާޓްމަންޓާއި (ފޯން ނަންބަރު: 3330187 / 3015385، އީމެއިލް:[email protected] ) ގުޅުއްވުން އެދެމެވެ.
ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ ބޭފުޅަކަށް (ޢާއިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މިނީލަމުގައި ބައިވެރިވެވޭނެއެވެ.
ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ދޯނި ވިއްކާލުމަށްޓަކައި 29 ޖަނަވަރީ 2014 ގައި (ބޭންކުގެ ނަންބަރު: BML/RECOVERIES/2014/202) އިޢުލާނުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.