ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)247-CA/247/2023/82
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 30 މޭ 2023 00:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުވަހު މުސާރައަށް މީހުން ނެގުމާބެހޭ

ދުވަހު މުސާރައަށް މީހުން ނެގުމާބެހޭ

             ހޯރަފުށީގައި ތަރައްޤީ ކުރަމުންއަންނަ ކުޑަކުދިންގެ ޕާކުގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް ކުރުމަށް ދުވަހު މުސާރައަށް މީހުން ނެގުމަށް ބޭނުންވެއެވެ.

އިޢުލާނު

މަޤާމު:

މޭޝަން

ބޭނުންވާ އަދަދު:

03 (ތިނެއް)

މަސައްކަތް ކުރަންޖެހޭ ތަން:

އަލަށް ތަރައްޤީކުރާ ކުޑަކުދިންގެ ޕާކު، ރަށްވެހި ބީޗު، ރަށްވެހި ޕާކު،

މުއްދަތު:

15 ދުވަސް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކައުންސިލުން އަންގާ ގޮތަށް، އަލަށް ތަރައްޤީކުރާ ކުޑަކުދިންގެ ޕާކު، ރަށްވެހި ބީޗު، ރައްވެހި ޕާކު ކުރަންޖެ ސިމެތީގެ މަސައްކަތް (ރޭނުން، ސިމެންތި ޖެހުން، ކޮންކްރީޓް ކުރުން، ޕޭވްމެންޓް ގާއެތުރުން، ސިމެންތި ބޯޑަރ ހެދުން) ކުރުން

މަޤާމް

ޝަރުޠު

މުސާރަ

އިތުރު ގަޑި

މޭޝަން

ލިޔަން ކިޔަން ދަތުމާއިއެކު މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 450/-ރ (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ)

ދުވާލަކު މަސައްކަތް ކުރަންޖެހެ ވަގުތު (08 ގަޑިރު)
07:00 – 09:00

09:30 – 11:30

13:00 – 16:00

17:00 – 18:00

08 ގަޑި އިރަށްވުރެން އިތުރަށް މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 55/-ރ (ފަންސާސް ފަހެއް) ރުފިޔާގެ ރޭޓުން އިތުރުގަޑީގެ ފައިސާ ލިބޭނެވެ.

 

މަސައްކަތަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ،
  • މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި އަދި ސިފަތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ މަޤާމަށް އެދޭ ފޯމު
  2. ދިވެއްސެއްނަމަ އައި.ޑީ ކާރޑު ކޮޕީ
  3. ބިދޭސީ އެއްނަމަ ޕާސްޕޯޓް ކޮޕީ އަދި ވޯކްވިސާ ކާރޑު ކޮފީ

މަސައްކަތަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

20

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ އާއި ހުނަރު

30

އިންޓަރވިއު

50

ނޯޓު: މަޤާމަށް އައްޔަން ކުރެވޭނީ، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 50 (ފަންސާސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މެއި 25 ވަނަ ދުވަހުން ފެށިގެން 2023 މެއި 30 ވަނަ ދުވަހުގެ ގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއަށެވެ.

ޝޯޓްލިސްޓު

ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ،  2023 މެއި 31 ވަނަ ދުވަހުގެ ރޭގަނޑު 20:30 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500012 ނުވަތަ 7830770 ފޯނާއެވެ.

25 މެއި 2023

25 މޭ 2023