ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2023/51
ޕަބްލިޝްކުރި ތާރީޚް: 22 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:28
ސުންގަޑި: 29 ޖޫން 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯނޑެއްދޫ ކައުންސިލް 1 ވަނަ ޤުރުއާން މުބާރާތް 2023 ގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން؛

މިއިދާރާގެ ނަންބަރު (IUL)417-SED/417/2023/44 (08 މެއި 2023) އިޢުލާނުގައިވާ މި ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ 2023 އޯގަސްޓް 02 އިން 05 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުބާރާތް ބާއްވާ ތާރީޚް ބަދަލުވެފައިވާތީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2023 ޖޫން 29 ވަނަ ދުވަހުގެ 14:00 ނިޔަލަށް އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި ހޯނޑެއްދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވެއެވެ.

މި މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ގދ.ހޯނޑެއްދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 2023 ޖޫން 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިފޯމް މިއިދާރާގެ ކައުންޓަރުންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން މިއިޢުލާނާއެކު ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 މޭ 2023