ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2023/46
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2023
ޕަބްލިޝްކުރި ގަޑި: 09:14
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަތަކާއި ދަނޑުބިންތަކުގައި އުފެދޭ ކުނި އެންދުމުގައި އަމަލު ކުރަންވީ އުސޫލު

ގެވަތަކާއި ދަނޑުބިންތަކުގައި އުފެދޭ ކުނި އެންދުމުގައި އަމަލު ކުރަންވީ އުސޫލު

ނ. މަނަދޫގެ ގެވަޅުތަކާއި އަދި ދަނޑުބިންތަކުގައި އުފެދޭ ކުނި އެންދުމުގައި އަމަލުކުރާނެ އުސޫލުތައް އިސްލާޙުކުރުމަށްފަހު މިކައުންސިލްގެ ނަންބަރު: (IUL)294-C/294/2022/44 24 އޮގަސްޓް 2022 އިޢުލާން އިން ވާނީ އާއްމު ކުރެވިފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން މިއުސޫލާއި ޚިލާފަށް ގެވަޅު އަދި ދަނޑުބިން ތަކުގައި ކުނި އަންދާކަމުގެ ޝަކުވާ މިކައުންސިލަށް އަންނަނީ ލިބެމުންނެވެ. މިކަމާއި ގުޅިގެން އާއްމު ކުރެވިފައިވާ އުސޫލަށް އަމަލު ކުރުމަށް  އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

މިކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ޓަކައި، މިއުސޫލާއި ޚިލާފަށް އެއްވެސް ފަރާތަކުން އަމަލު ކުރަމުންދާނަމަ، އެފަރާތެއްގެ ފުރިހަމަ މައުލޫމާތު (ފުރިހަމަ ނަން / ކުނި އަންދަމުން ދިޔަ ސަރަހައްދު / ކުނި އަންދަމުން ގެންދިޔަ ވަގުތު) މިކައުންސިލަށް ހިއްސާ ކޮށްދެއްވުން އެދެމެވެ. މިއުސުލާއި ޚިލާފަށް އަމަލުކުރާ ފަރާތްތައް އިތުރު އެއްވެސް އެންގުމަކާއި ނުލައި ޖޫރިމަނާ ކުރެވޭނެ ވާހަކަ ދަންނަވަމެވެ. ގެވަޅުތަކާއި ދަނޑުބިންތަކުގައި އުފެދޭ ކުނި އެންދުމަށް ކަނޑައަޅާފައިވާ އުސޫލު ތިރީގައި އެވަނީއެވެ.

  1. މިއުސޫލަށް އަމަލު ކުރަންފަށާ ތާރީހުން ފެށިގެން އެއްވެސް ގެވަޅެއް، ދަނޑުބިމެއް އަދި މީހުން ދިރިއުޅޭ ގެއެއްގައި ކުނި އެންދުމަކީ މަނާކަމެކެވެ.
  2. ގެވަޅު އަދި ދަނޑުބިން ތަކުގައި އުފެދޭ ކުނި ގެންދަންވާނީ، 'އާމަގު' ގައި އެފަދަ ކުނިއެޅުމަށް ހާއްސަކުރެވިގެން ހެދިފައިވާ ސަރަހައްދަށެވެ.
  3. އެސަރަހައްދަށް ކުނި ގެންދިއުމަށްފަހު، އެ ކުނި ގެންދާ ފަރާތަކުން، ގެންދާ ކުނި އެސަރަހައްދުގައި އަންދަންވާނެއެވެ. އެފަރާތަކުން ގެންދާ ކުނި އަންދާ ނިމެންދެން އެސަރަހައްދުގައި މަޑުކުރަންވާނެއެވެ.
  4. ކުނި އެސަރަހައްދަށް ގެންގޮސް، އަންދަންވާނީ ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:00 އާއި ހަވީރު 17:00 އާއި ދެމެދުއެވެ. މިގަޑީގެ ކުރިންވެސް އަދި ފަހުންވެސް ކުނި އެޅުމާއި، އެންދުމަކީ މަނާކަމެކެވެ.
  5. ކަނޑައަޅާފައިވާ ސަރަހައްދަށް އިތުރު އެއްވެސް ބާވަތެއްގެ ކުނި ގެންދަން ބޭނުންވާނަމަ، މިކައުންސިލްގެ ހުއްދަ ހޯދަން ޖެހޭނެއެވެ.
  6. މިއުސޫލާއި ޚިލާފަށް އަމަލުކުރާ ފަރާތްތައް ކައުންސިލުން ކަނޑައަޅާ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މޭ 2023