ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)294-C/294/2023/45
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2023
ޕަބްލިޝްކުރި ގަޑި: 08:45
މިލަދުންމަޑުލު ދެކުނުބުރީ މަނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ލައްވާ މަސައްކަތް ކުރުވާ ގަޑިތަކާއި ގުޅޭ

ބިދޭސީން ލައްވާ މަސައްކަތް ކުރުވުމާއި ގުޅޭ

ނ.މަނަދޫގެ ގެވަޅުތަކާއި ދަނޑުބިންތަކާއި އަދި މިނޫންވެސް މީހުން ނޫޅޭ ސަރަހައްދުތަކުގައި އިރުއޮއްސި 6:00ގެ ފަހުން ބިދޭސީން އަމިއްލަގޮތުން މަސައްކަތްކުރުމަކީ މަނާކަމެއްކަމަށް ކަނޑައަޅާ، މިކައުންސިލްގެ ނަންބަރު: (IUL)294-C/294/2022/06 30 ޖަނަވަރީ 2022 އިޢުލާން އިން ވަނީ އާންމުކޮށް އަންގާފައެވެ. އެހެން ނަމަވެސް އަނެއްކާވެސް އިރުއޮއްސި 6:00ގެ ފަހުން ބިދޭސީން އަމިއްލަގޮތުން މިފަދަ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރަމުން ގެންދާކަން މިކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ.

އެހެންކަމުން މިކަމާއި ގުޅިގެން އާއްމުކޮށްފައިވާ އުސޫލާއި ޚިލާފުވާ ބިދޭސީންނާއިމެދު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ. ބިދޭސީން ލައްވާ މިފަދަ މަސައްކަތްތައް ކުރުވާ ފަރާތްތަކުންނާއި ބިދޭސީން ގެންގުޅޭ ފަރާތްތަކުން ވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަމެވެ. މިކަމާއި ގުޅޭގޮތުން ކައުންސިލުން އާއްމުކޮށްފައިވާ އުޞޫލުތައް ތިރީގައި އެވަނީއެވެ.

  1. އިރުއޮއްސި 6:00ގެ ފަހުން ބިދޭސީން ލައްވާ މަސައްކަތް ކުރުވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ. ހުއްދަ ހޯދުމަށްޓަކައި  9191700 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. ހުއްދަ ނުހޯދާ މަސައްކަތް ކުރުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅޭނެއެވެ.
  2. އިރުއޮއްސި 6:00ގެ ފަހުން ބިދޭސީން ލައްވާ މަސައްކަތް ކުރުވާނަމަ ޒިންމާވާނެ ދިވެއްސަކު ހުންނަންވާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 މޭ 2023