ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ވަށައިގެންވާ ފެންސް ބަދަލުކުރުމާއި ކުރަން ހުރި މަރާމާތުތައް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއްހޯދުން.
މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ވަށައިގެންވާ ފެންސް ބަދަލުކުރުމާއި ކުރަން ހުރި މަރާމާތުތައް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 މެއި 29 ވަނަ ދުވަހު 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 މެއި 29 ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 މެއި 31 ވަނަ ދުވަހުގެ 11:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ލިންކް: https://docs.google.com/forms/d/1DdD_kbNIFqPzLbNIqWdfdfhk_tDbmjB0YuO9ruAONc4/edit
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.