ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2023/107
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2023
ޕަބްލިޝްކުރި ގަޑި: 16:39
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
އޮންލައިން ޚިދުމަތްތައް މެދުކެނޑުމާގުޅޭ

އޮންލައިން ޚިދުމަތްތައް މެދުކެނޑުމާގުޅޭ:

މި މިނިސްޓްރީ ހިގަމުންދާ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ، ޢުމަރު ޒާހިރު އޮފީސް ޢިމާރާތަށް ކަރަންޓު ދިނުމަށް ޢިމާރާތުގެ ބޭރުގައި ބަހައްޓާފައިހުރި ވަގުތީ އޮއިލް ޓްރާންސްފޯމަރ، ޑްރައި ޓްރާންސްފޯމަރ އަކަށް ބަދަލުކުރުމުގެ މަސައްކަތް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އަދި މި މަޝްރޫޢުގެ ކޮންޓްރެކްޓަރާއި ގުޅިގެން 26 އިން 27 މެއި 2023 (ހުކުރު އަދި ހޮނިހިރު) ދުވަހުގެ ނިޔަލަށް ކުރަމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި މި މިނިސްޓްރީން ގިނަވަގުތު ކަރަންޓު ކެނޑިފައި ހުންނާނެކަން އަންގަވާފައިވެއެވެ.

ވީމާ، 26 އިން 27 މެއި 2023 އަށް ކަރަންޓު ކެނޑިފައި ހުންނަވަގުތު ތަކުގައި މި މިނިސްޓްރީގެ ޚިދުމަތްތައް މެދުކެނޑޭނެ ކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ. މިކަމާގުޅިގެން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ.

24 މޭ 2023