ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/53
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2023
ޕަބްލިޝްކުރި ގަޑި: 15:48
ސުންގަޑި: 07 ޖޫން 2023 11:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫއިން ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބިންދޫކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި ދެމެހެއްޓެނިވި ގޮތެއްގައި އިޖުތިމާޢީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ބިންދޫކުރުމަށް ހުޅުވާލަމެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ ޤާނޫނު ނަންބަރު 2023/3 (ޖަމްޢިއްޔާތަކުގެ ޤާނޫނު) އަދި ގަވާއިދު ނަންބަރ: 2015/R-180 ގެ ދަށުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގެ ޖަމުޢިއްޔާ ތަކުގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިގެން ހިންގާ ޖަމްޢިއްޔާ ޖަމާއަތްތަކަށެވެ. މިބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ކަރުދާހާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް އޮތް ސަރަހައްދު އަންގައިދޭ ޗާޓާއި، ޖަމިއްޔާ ޖަމާޢާތްތަކަށް ނ. ކެނދިކުޅުދޫއިން ބިން ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލު (ގެޒެޓްކޮށްފައިވާ) އެއްކަރުދާސްކޮށް ޝާއިޢުކުރަމެވެ.

މަޢުލޫމާތު ސެޝަން

01 ޖޫން 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ބީލަން ހުޅުވުން

07 ޖޫން 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

4  ޛުލްޤަޢިދާ 1444

24  މެއި   2023

24 މޭ 2023