ބީލަން
ނަންބަރު: (IUL)GS-56-D/GS-56/2023/19
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2023
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 01 ޖޫން 2023 11:00
ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ތުޅާދޫ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހާދީ ވިއްކާނެ ފަރާތެއް ހޯދުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދީ ވިއްކައި ދޭނެ 2 ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 މެއި 24 ން 2023 މެއި 31 ވާ ބުދަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ. އީމެއިލް ފޮނުއްވާނަމަ [email protected] އަށް ފޮނުއްވުމަށްފަހު މެއިލް ސްކޫލަށް ލިބުނުކަން ކަށަވަރުކުރައްވަން ވާނެއެވެ. އީމެއިލް ކުރައްވާނަމަ ޢިއުލާން ނަންބަރު، ވިޔަފާރި / ކުންފުނީގެ ނަން، ހުށައަޅުއްވާ ފަރާތުގެ ނަމާއި އައިޑީކާޑު ނަންބަރު، މަޢުލޫމާތު ހޯދުމަށް ގުޅަންވީ ފަރާތުގެ ނަން، އައިޑީކާޑު ނަންބަރު އަދި ފޯނު ނަންބަރު ހިމެނުއްވުން އެދެމެވެ.
  3. އަދި ތިރީގައިވާ ލިންކް މެދުވެރިކޮށްވެސް ރަޖިސްޓްރީ ކުރެވިދާނެއެވެ.

ލިންކް:   https://forms.gle/i842rS4i5Dn7s7148

  1. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށް އެކަންޏެވެ.  
  2. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 2023 މެއި 31 ވާ ބުދަ ދުވަހުގެ 13:00  ގެ ކުރިން ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އީ-މެއިލް ކުރައްވާނަމަ [email protected] އަށެވެ.
  3. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  2023 ޖޫން 01  ވަނަ ދުވަހުގެ 11:00 ގައި ތުޅާދޫސްކޫލް މީޓިންގ ރޫމުގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވާނީ ކޮންފަރާތެއްކަން ބަޔާންކޮށް ވެރިފަރާތުގެ ސިޓީއަކާއިއެކު، ހުށައަޅުއްވާ ފަރާތް ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ތުޅާދޫ ސްކޫލް

ބ. ތުޅާދޫ، ދިވެހިރާއްޖެ.

ފޯން:  6600136/7967371

އީ-މެއިލް: [email protected]

04 ޛުލްޤަޢިދާ 1444

24 މޭ 2023