ދިވެހިރާއްޖެ
އިޢުލާން
މިރަށުގެ މިސްކިތްތަކުގެ އިމާމުން، މުދިމުން، އަދި މަސައްކަތު މުވައްޒަފަކަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް/ނޯޕޭލީވް، އަހަރީ ޗުއްޓީ، އާއިލީ ޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭ ގޮތް މެދުވެރި ވެއްޖެ ހިނދެއްގައި ވަގުތީގޮތުން މި މަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް އާއްމުކޮށް ހުޅުވާލަމެވެ.
މަޤާމް : |
އިމާމް / މުދިމް |
||||||||||
ބޭނުންވާ ޢަދަދު : |
03 (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން) |
||||||||||
މަޤާމުގެ ބާވަތާއި މުއްދަތު: |
ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 01 އަހަރަށް |
||||||||||
ވަޒީފާ އަދާ ކުރަންޖެހޭ ތަން: |
ރ. އިނގުރައިދޫގެ 4 މިސްކިތް (ކައުންސިލުން ހަވާލުކުރާ މިސްކިތެއްގައި) |
||||||||||
މުސާރަ: |
މަޤާމް/ޝަރުޠު |
ރޭންކް |
މަސައްކަތްކުރާ ގަޑިއަކަށް |
||||||||
އިމާމު - ޝަރުތު ހަމަވާ (އިމާމް ލެވެލް 3 ގެ ސަނަދެއް އޮތުން ނުވަތަ ހުކުރު ކުރުމުގެ ސަނަދު އޮތުން) |
GS3 |
61.00 ރުފިޔާ |
|||||||||
މުދިމް - ޝަރުތު ހަމަވާ (ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގިގޮވުމާއި، ނަމާދުކުރަން އެގޭ ފަރާތަކަށްވުން) |
GS1 |
53.00 ރުފިޔާ |
|||||||||
މަޤާމުގެ ޝަރުޠުތައް: |
އިމާމް – އިމާމު ކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން. މުދިމް – ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން. |
||||||||||
މަޤާމުގެ މަސްޢޫލިއްޔަތު: |
|
||||||||||
ހުށައަޅަންޖެހޭ ލިޔުންތައް |
1- ވޭޖްޕޫލްގައި ބައިވެރިވުމަށް އެދި މިއިދާރާއިން ދޫކުރާ ފޯމް. 2- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއިއެކު) 3- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީ 4- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ |
||||||||||
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 01 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، މި އިދާރާ (މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީ- މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅުއްވާނަމަ، މެއިލް މެދުވެރިކޮށް މިއިދާރާއަށް ލިބުނުތޯ ޔަގީން ކުރަންވަންވާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
||||||||||
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 ޖޫން 04 އާއި 2023 ޖޫން 08 އާ ދެމެދު، މި އިދާރާ (މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް އިދާރާ) ގައެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6580028 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ |