ދިވެހިރާއްޖެ
ބ.ފެހެންދޫ ގަބުރުސްތާނުގެ ވަށާފާރުރާނާ ފާރުގެ ދެފަރާތުގައި ސިމެންތިޖަހާ ސީލަރާއި ކުލަލުމުގެ މަސައްކަތް މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ "ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު(ޤާނޫނު ނަންބަރު 6/2013)" ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 2023 ޖޫން 01 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި 2023 ޖޫން 08 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށހެޅުމަށް ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ސެޝަން އޮންނަ ދުވަހު މަޢޫލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކާކުކަން އެނގޭނެ ލިޔުމެއް ހިފައިގެން އެހެން މީހެއްގެ ބަދަލުގައި އާދެވިދާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:30 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.