ކުއްޔަށް ދިނުން
ނަންބަރު: (IUL)419/419/2023/42
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2023
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 15 ޖޫން 2023 10:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށްދިނުން

              ގދ.ގައްދޫ އިން އެހެނިހެން ވިޔަފާރިތަކަށް ބިން ކުއްޔަށް ދިނުމަށް 2023 މާރިޗު 16 ވަނަ ދުވަހު މިއިދާރާއިން ކޮށްފައިވާ ނަންބަރ (IUL)419/419/2023/32 ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން ގދ.ގައްދޫ ނާސާ ގޯތީގެ ހުޅަނގުން ނާސާގެއާއި ގުންޒަރުގެއާއި އިންވެގެން އޮތް ހުސްބިން 517.7  (ފައްސަތޭކަ ސަތާރަ) އަކަފޫޓްގެ ބިން އެހެނިހެން ވިޔަފާރިތަކަށް 30 އަހަރުގެ  މުއްދަތަށް ކުއްޔަށް ނެގުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފުރުސަތު  ހުޅުވާލަމެވެ.

                   ވީމާ، މިބިމުގައި އެހެނިހެން ވިޔަފާރި ހިންގުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

  • 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ގދ.ގައްދޫ ކައުންސިލް އިދާރާއަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.
  • (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

2

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ބީލަން ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

    24 މެއި 2023                                                   

24 މޭ 2023