މަސައްކަތް
ނަންބަރު: (IUL)MBC-FP/MBC/2015/14
ޕަބްލިޝްކުރި ތާރީޚް: 21 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 09:19
ސުންގަޑި: 28 ޖަނަވަރީ 2015 14:00
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އަލިފާން ނިއްވިތައް މަރާމާތުކުރުމާއި، އަލަށް ފަޔަރ ޕޮއިންޓްތައް ޤާއިމުކުރަންޖެހޭ ތަންތަނުގައި އަލިފާން ނިއްވިތައް ބަހައްޓައިދޭނެ ފަރާތެއް ހޯދަން

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/HA/2015/010

 

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:

މިކޯޕަރޭޝަންގެ ޓީވީ މޯލްޑިވްސްގެ އޮފީސް ޢިމާރާތާއި ދިވެހިރާއްޖޭގެ އަޑުގެ އޮފީސް ޢިމާރާތާއި އަދި ޓްރާންސްމީޓިންގ ސްޓޭޝަނުގައި ހުރި އަލިފާން ނިއްވިތައް މަރާމާތުކުރުމާއި، އަލަށް ފަޔަރ ޕޮއިންޓްތައް ޤާއިމުކުރަންޖެހޭ ތަންތަނުގައި އަލިފާން ނިއްވިތައް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު MBC-F/IU/2014/144 އިޢުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯޒަލްތައް ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، 2 ވަނަ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 28 ޖަނަވަރީ 2015 ބުދަ ދުވަހުގެ 14:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ފެބުރުވަރީ 2015 ހޯމަ ދުވަހުގެ 14:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެއެވެ.

30 ރަބީޢުލްއައްވަލް 1436

21 ޖަނަވަރީ 2015