ދިވެހިރާއްޖެ
މިކައުންސިލުން ކ މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މާލެއަތޮޅު ތުލުސްދޫ ކައުންސިލަށް ބޭނުންވާ މަގުބައްތި ދަނޑި ހަދައިދޭނެ ފަރާތެއް ހޯދުން ބޭނުންވެއްޖެއެވެ.
ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 28 މެއި 2023 ވަނަ ދުވަހު 14:00 ގެ ކުރިން އެޓޭޗްކޮށްފައިވާ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރެއްވުމަށް 28 މެއި 2023 ވަނަ ދުވަހު 11:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 31 މެއި 2023 ވަނަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބް ހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ލިންކް: https://docs.google.com/forms/d/1DcaLrl6keO2cyT75WcLQUxB4CkH6YZqfyY-GavPmvdg/edit
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 މެއި 2023
03 ޛުލްޤައިދާ 1444