ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 މޭ 2023 08:52 ގައި ބާތިލް ކުރެވިފައެވެ.
`
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ
އިޢުލާން ނަންބަރު:(IUL)22-EDF/22/2023/170
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ބޭންޑް ސާމާނު ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
1. ބައެއް ސްކޫލްތަކަށް ބޭނުންވާ ބޭންޑް ސާމާނު 45 ދުވަހުގެ މުއްދަތެއް ތެރޭގައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެ ތަކެތި ސަޕްލައިކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި އިއުލާނަށް ކުރިމަތިލާ ފަރާތްތަކަށް ހޯދަން ޖެހޭ ބޭންޑް ސާމާނުގެ މައުލޫމާތު ދިނުން 30 މެއި 2023 ވާ އަންގާރަ ވަނަ ދުވަހު ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.
2. ބީލަން ހުށަހަޅާ ފަރާތުން -/25،000 (ފަންސަވީސް ހާސް) ރުފިޔާ ގެ ބިޑް ސެކިއުރިޓީ އެއް ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ.
3. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ، 06 ޖޫން 2023ވާ އަންގާރަ ދުވަހުގެ 10:00 ގައި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
4. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކޮށްފައި ވާނެއެވެ.
5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ފަންޑުގެ އިދާރާ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ، ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
ފޯން: 3341193 / 3341194
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]